March 16, 2026
Advertisement
.
. / އަދަދު

މުއިއްޒު ވިދާޅުވީ ޕީއެންސީގެ އެއްވުމުގައި 13،000 މީހުން ބައިވެރިވާ ކަމަށް, ހަގީގަތަކީ ކޮބާ

Yana Shareef
ޔާނާ ޝަރީފް
Nov 15, 2025, 04:58 AM

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ވެރިކަންކުރާ ޕީއެންސީ އިން ބޭއްވި އެއްވުމަކީ ރާއްޖޭގެ ސިޔާސީ ތާރީހުގައި ބޭއްވި އެންމެ ބޮޑު، އެންމެ މީހުން ގިނަ އެއްވުން ކަމަށް ވިދާޅުވިއިރު ގިނަ މީހުން ދިޔައީ ވަޒީފާގެ ބިރުގައިކަން ހާމަވެއްޖެއެވެ.

Advertisement

ރައްޔިތުންގެ ތާއިދު އޮތްކަމަށް ރައީސް މުއިއްޒާއި ޕީއެންސީން ބުނިކަމުގައި ވިނަމަވެސް ގިނަ މީހުން ރޭ ޖަލްސާގައި ބައިވެރިވެފައިވަނީ ހާޒިރީ ބަލާނެކަމަށް ބުނެ ބިރު ދެެއްކުމުންކަމަށް ތޭރައޮންލައިނަށް ވަނީ މައުލޫމާތު ލިބިފައެވެ.

ޖަލްސާގައި ރައީސް މުއިއްޒު ފޮނިކަނޑުއްވާ ވިދާޅުވީ މިއީ ރާއްޖޭގެ ސިޔާސީ ހަޔާތުގަ ބޭއްވޭ އެންމެ މީހުން ގިނަ ބައްދަލުވުންކަމަށެވެ. މިވަގުތު ވެސް މިތަނުގައި 13،000 އަށްވުރެ ގިނަ ރައްޔިތުން އެބަތިބިކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ނަމަވެސް ރާއްޖޭގައި މީގެކުރިން ވެސް މިޔަށްވުރެ މީހުން ގިނަ އެއްވުންތައް ބާއްވާފައިވެއެވެ.

އެއްވުމުގައި ބައިވެރިވުމަށް މާލެއިންނާއި ރާއްޖެތެރެއިން އައި އެންމެނަށް މުއިއްޒު ވަނީ ތަކުރާރުކޮށް ޝުކުރާއި މަރުހަބާ ދަންނަވާފަ އެވެ.

މިރޭގެ އެއްވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ޕީއެންސީގެ ސަޕޯޓަރުންނާއި ސިޔާސީ މަގާމުތަކުގައި ތިބި މީހުން އަދި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ މާލެ އައިސްފަ އެވެ. އެ މީހުންނަށް ފައިސާ ބެހި ކަމުގެ މައުލޫމާތު ވެސް ތޭރައޮންލައިނަށް ލިބިފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved