March 12, 2026
Advertisement
.
. / ރައީސް އޮފިސް

13,000 މީހުންނެއް ނެތް, މުއިއްޒު ހެދީ ދޮގުކަން އެލޮން މަސްކުގެ އޭއައި ގްރޮކް ފަޅައިއަރުވާލައިފި

Yana Shareef
ޔާނާ ޝަރީފް
Nov 15, 2025, 07:02 AM

ޕީއެންސީން ބޭއްވި އެއްވުމުގައި 13,000 މީހުންތިބިކަމަށް ބުނެ ރައީސް މުހައްމަދު މުއިއްޒު ހެއްދެވީ ދޮގެއްކަން ފަޅައަރައިފިއެވެ.

Advertisement

މިކަން ފަޅައަރުވާފައި ވަނީ އެލަން މަސްކުގެ އޭއައި ގްރޮކްއެވެ. އެގޮތުން ޕީއެންސީ ޖަލްސާގެ ފޮޓޯތައް އެކްސްގައި ހިއްސާކުރުމަށްފަހު އެތަނުގައި ތިބީ ކިތައް މީހުންތޯ އެހުމުން ގްރޮކް ވަނީ އެތަނުގައި ތިބީ ގާތްގަނޑަކަށް 3000-5000 ވަރަކަށް މީހުންކަމަށް ބުނެފައެވެ.

ޕީއެންސީ ސަރުކާރަށް ދެ އަަހަރު ފުރުމުގެ ގޮތުން ބޭއްވި އެއްވުމަށް 50 މިލިއަން ރުފިޔާ ހަރަދުކޮށްގެން ރާއްޖޭގެ އެކިކަންކޮޅުތަކުން މާލެއަށް މީހުން ވަނީ ގެނެސްފައެވެ.

60 ހާސް މީހުން ތިބޭ ޕާޓީއަކުން ބޭއްވި އެއްވުމަށް އައީ 13,000 މީހުންކަމަށް ރައީސް މުއިއްޒު ވިދާޅުވިއިރު އެވަރުވެސް ހަގީގަތުގައި ނެތްކަމަށް ގިނަ މީހުން އަންނަނީ ބުނަމުންނެވެ.

ބޭއްވި ޖަލްސާގައި ވޭތުވެދިޔަ ދެ އަހަރުތެރޭ ސަރުކާރަށް ކުރެވުނު މާ ގިނަކަމެއް ފާހަގައެއް ނުކުރެވުނެވެ. އޭގެ ބަދަލުގައި މި ޖަލްސާގައި ރައީސް މުއިއްްޒު ވަނީ ވައުދުތައްވެވަޑައިގެންފައެވެ.

އެގޮތުން އަންނަ އަހަރު އަނެއްކާވެސް ސަރުކާރުން 70 އޭޓީއެމެއް ބަހައްޓަން ނިންމާފައިވާކަމަށާއި ރަސްމާލެ ހިއްކައިން ގޯތި ދޭނެކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
މިވާހަކަތަކަކީ އައު ވާހަކަތަކެއް ނޫންކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. ސަރުކާރަށް ދެ އަހަރުވީއިރުވެސް ސަރުކާރުގެ އެއްވެސް މިސްރާބެއް ނެތްކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ފާޑުކިޔުންވެސް އަމާޒުކުރަމުންނެވެ.

.
.
ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved