މިހާރުގެ ވެރިކަމަށް ދެއަހަރު ފުރުމުގެ މުނާސަބަތުގައި ދައުލަތުން އެތަކެއް ޚަރަދުތައް ކުރައްވައިގެން ބޭއްވި 13،000 މީހުން ހަމަނުވި ޖަލްސާގައި ޙުއްޖަތްތަައް ހުސްވެ ރައީސް މުއިއްޒު ރިޕީޓްކުރީ މަޖްލިސް އިންތިޚާބުގެ ޓޭޕް ކަމަށް ޕީޕަލްސް ނޭޝަނަލް ޕާޓީ (ޕީއެންއެފް) ގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ވެރިކަންކުރާ ޕީއެންސީއިން މިރޭ ބޭއްވި ޖަލްސާގައި މުއިއްޒު ދެއްކެވި ވާހަކަތަކަށް ފާޑު ވިދާޅުވެ ޖަމީލް ވިދާޅުވީ ޕީއެންސީގެ މެމްބަރުންނަށްވެސް ޑރ. މުއިއްޒު މިރޭވެސް ތަކުރާރުކުރާނީ ދޮގުތައްކަން އެގިވަޑައިގަންނަވާ ކަމަށެވެ.
ޕީއެންސީގެ މެމްބަރުންނަށް އެނގޭ ޑރ. މުއިއްޒު މިރޭވެސް ތަކުރާރުކުރާނީ ދޮގުތައްކަން. ޙުއްޖަތްތަައް ހުސްވެ މުއިއްޒު ރިޕީޓްކުރީ މަޖްލިސް އިންތިޚާބުގެ ޓޭޕް. ކޮން ތަރައްގީއެެއް މަޖްލިސް ދިނުމުން ލިބުނީ؟
— Mohamed Jameel Ahmed (@MJameelAhmed) November 14, 2025
ދަމާގަތީ މިޑިއާގެ މިނިވަކަން.
ދަމާގަތީ ސުޕްރީމް ކޯޓް.
ދަމާގަތީ މަޖްލިހުގެ ބާރު.… pic.twitter.com/DIIScbAZvO
މަޖިލިސް އިންތިޚާބަށްވެސް ރައްޔިތުންނަށް އެތަކެއް ހުވަފެންތަކެއް ދައްކާ ލޯކަލް ކައުންސިލް އިންތިޚާބު ބޯމަތިވިއިރުވެސް އެ ވައުދުތައް ނުފުދި ނުވަތަ ވައުދުތައް ފުއްދަން އެއްވެސް މަސައްކަތެއް ނުކޮށް އެއް ވައުދުތަކެއް ތަކުރާރުކުރައްވަން މުއިއްޒު ލަދުގަންނަން ޖެހޭނެ ކަމަށް ޖަމީލްގެ ޕޯސްޓްގައި ސިފަކޮށްފައިވެއެވެ.
މީގެ އިތުރުން، ބޮޑު މެޖޯރިޓީއަކާއި އެކު ރައްޔިތުން މުއިއްޒަށް މަޖިލިސްވެސް ދިނުމުން ރައްޔިތުންނަށްޓަކައި ކޮންދިނީ ކޮން ތަރައްޤީއެއްތޯ ބުނެ ޖަމީލް ވަނީ ސުވާލު އުފައްދަވާފައެވެ.
އޭގެ ބަދަލުގައި، މިނިވަން މީޑިއާ ނެތިކޮށްލާ، މަޖިލިސް މެންބަރުންގެ ބާރު މުއިއްޒުގެ ކޮންޓްރޯލް ދަށަށް ގެނެސް، ސްޕްރީމް ކޯޓު ފުނޑާލައި ދައުލަތުގެ ބަޖެޓް ހަމައެއް ލަމައެއް ނެތި ދަމައިގަނެފައިވާ ކަމަށް ޖަމީލް ވަނީ ފާހަގަކޮށްފައެވެ.
މުއިއްޒާއި ސަރުކާރުގެ އަމަލުތައް މި ހިސާބަށް ދިޔުމުން މުއިއްޒަށް ނޫނެކޭ ބުނުން މިހާރު ވާޖިބު ވެއްޖެ ކަމަށާއި ރައްޔިތުންނަށް މި ވަރުން ފުދިއްޖެ ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.