March 16, 2026
Advertisement
-
- / ސޯޝަލް މީޑިއާ

މުއިއްޒުގެ ސިޔާސީ ޖަނާޒާއިން އެންމެ ބޮޑު ހިތްހަމަޖެމުއް ލިބޭނީ އަދުރޭއަށް: މަލީހް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 16, 2025, 12:15 AM
މާލެ ސިޓީ

2025 ޏޮވެމްބަރު 14 ވަނަ ދުވަހުގެ ރޭ ޕީއެންސީއިން ބޭއްވި ރައީސް މުއިއްޒުގެ ސިޔާސީ ޖަނާޒާއިން އެންމެ ބޮޑު ހިތްހަމަޖެމުއް ލިބޭނީ މަޖިލިސް ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަދުރޭ އަށް ކަމަށް ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

އަދުރޭ އަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެންމެ އަރިހުގައި ހުންނަވާ އެމަނިކުފާނު ނުހައްގު ޖަލު ހުކުމެއް ތަންފީޒުކުރައްވަން ޖެހިވަޑައިގަތް ދަނޑިވަޅުގައި ވެރިކަމުގެ ދަހިވެތިކަމުގައި އެމަނިކުފާނަށް ޚިޔާނާތްތެރިވެ 2023 ގެ ރިޔާސީ ކެމްޕޭނަށް މުއިއްޒު ނެރުއްވަން އަތުކުރިއޮޅާލި އެންމެ އިސްމީހާއެވެ.

ނަމަވެސް، ޕީއެންސީ ސަރުކާރަށް ދެ އަހަރުވީއިރު އަދުރޭ ވަނީ ސަރުކާރުގެ ކަންތައްތަކުން އެއް ފަރާތްކޮށްލާފައެވެ. ރޭގެ ޖަލްސާއިންވެސް އެކަން ވަރަށް ބޮޑަށް ހާމަވެގެން ގޮސްފައިވާކަން މަލީހް ކުރެއްވި އެކްސް ޕޯސްޓްގައި ވަނީ ފާހަގަކޮށްފައެވެ.

މުއިއްޒުގެ ޖަލްސާތަކުގައި އެންމެ މޮޅަށް ހިސާބު ޖައްސަވަމުންދާ އަދުރޭއަށް ރޭގެ ޖަލްސާގައި ވާހަކަ ދައްކާނެ ފުރުސަތު ނުލިބުނުކަން ފާހަގަކުރައްވާ މަލީހް ވިދާޅުވީ އަދުރޭ އާއި އަދުރޭގެ ދަރި ކުރީގެ ޓުއަރިޒަމް މިނިސްޓަރ ފައިސަލް ވަނީ މިހާރު މި ސަރުކާރުގައި ބޭކާރު މީހުންނަށް ވެފައި ކަމަށެވެ.

އެންމެ އިސްކަންދެނީ ޤައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ހައްލު ހޯއްދުމަށް ކަމަށާއި، އެކަން އެގޮތަށް ކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް އެހެން ކިޔަމުންދާތާ ދެ އަހަރު ވީއިރުވެސް އަމަލުން އެކަން ނުދެއްކޭ ކަމަށްވެސް މަލީހް ސިފަކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved