March 20, 2026
Advertisement
ޕީއެންއެފް ޖަލްސާ
ޕީއެންއެފް ޖަލްސާ / ޝާވިން | ތޭރަ އިމޭޖްސް

ކައުންސިލްތަކަކީ ބާރުވެރި ތަންތަނަށް ވާން ޖެހޭނެ: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Mar 3, 2024, 08:50 PM
މާލެ ސިޓީ

ކޮންމެ ސަރުކާރަކުން ވެސް އަންނަނީ ކައުންސިލްތައް ބާރުވެރިކުރުމުގެ ނަމުގައި ކަމަށްވީނަމަވެސް އަމަލުން އެކަން ނުފެންނާތީ ރައީސް އަބްދުﷲ ޔާމީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

Advertisement

ރައީސް ޔާމީންގެ ތާއީދާއެކު މަޖިލިސް އިންތިހާބަށް ނުކުންނަ ކެންޑިޑޭޓުންގެ ސިޔާސަތުތައް ހާމަކުރުމަށް ބާއްވަމުން ގެންދަވާ ޖަލްސާތަކުގެ ތެރެއިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި އެމަނިކުފާނުވަނީ ކައުންސިލްތަކުގހެ އިހުތިސޯސުގެ ތެރެއަށް ލޯކަލް ގަވަންމަންޓް އޮތޯރިޓީއިން ވަންމަުން ގެންދާތީ އެކަމާ ނުރުހުން ފާޅުކުރައްވާފައެވެ.

ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންގެ ބާރު ރައްޔިތުންނަށް ދޫކޮށްލަން ޖެހޭ ކަމަށާ ކައުންސިލްތަކަށް އެ ކައުންސިލުތަކުގެ ރައްޔިތުންގެ ކަންކަން ނިންމަން ފުރުސަތު ދޭން ޖެހޭ ކަމަށެވެ.

ބިން ކެނޑުމާ ބިން ދޫކުރުމާ މިފަދަ ކަންކަން އަދި މާލެ ގެނެސް ފާސްކޮށް އަނބުރާ ކައުންސިލްތަކަށް ފޮނުވަން ޖެހޭ ކަމަށް ގަބޫލުކުރައްވަންތޯ؟

ރައީސް ޔާމީން

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވާއިރު އިއްޔެގެ ވަގުތެއްގައި ވެސް އެލްޖީއޭއިން ނ.އަތޮޅޫގެ ކައުންސިލްތަކަށް ނުފޫޒު ފޯރުވަން މަސައްކަތްކުރެއްވި މަންޒަރު ފެނިގެން ގޮސްފައިވެއެވެ. އެގޮތުން ވެލިދޫ ކައުންސިލަރުން ރައީސް މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވަން ހޮޅުދޫއަށް ދިއުމަށް ދެކޮޅު ހެދި ސަބަބު ބަޔާނަކުން އެންގުމަށާ އަދި ކެނދިކުޅުދޫ ކައުންސިލުން ރައީސް މުއިއްޒުގެ ދަތުރުފުޅު ކެމްޕެއިނަށް ޚާއްސަކުރާތީ ކަންބޮޑުވެ ނެރެުނު ބަޔާން ކުށްވެރިކޮށް އެ ބަޔާން އަނބުރާ ނެގުމަށް ވަނީ އަންގާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved