June 11, 2026
Advertisement
އަތޮޅު ކައުންސިލްތަކުގެ އެސްޖީންނަށް ވީވައުދު ފެނަށް، މަގާމުތައް އުވާލައިފި
އަތޮޅު ކައުންސިލްތަކުގެ އެސްޖީންނަށް ވީވައުދު ފެނަށް، މަގާމުތައް އުވާލައިފި / ސޯޝަލް މީޑިއާ

އަތޮޅު ކައުންސިލްތަކުގެ އެސްޖީންނަށް ވީވައުދު ފެނަށް، މަގާމުތައް އުވާލައިފި

Jun 11, 2026, 09:52 PM
މާލެ ސިޓީ

އަތޮޅު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) އިން ގެ މަގާމު ނުގެއްލޭނެކަމަށް ސަރުކާރުން ދިން ޔަގީންކަން އުވާލާ މަގާމުތައް އުވާލައިފިއެވެ.

Advertisement

އެސްޖީއިންގެ މަގާމު ނުގެއްލޭނެކަމުގެ ޔަގީންކަން މިދިޔަ މެއި މަހު ދިނުމަށްފަހު، ކުއްލިއަކަށް ބުދަ ދުވަހު އެ އެންމެން ވެސް މަގާމުތަކުން ވަކިކުރީ، އެ މަގާމަކީ ސީދާ އެ އަތޮޅު ކައުންސިލެއް އިދާރީ ގޮތުން ހިންގުމަށްޓަކައި އެ ކަންކަން ބަލަހައްޓަން އުފައްދާފައިވާ އިސް މަގާމު ކަމަށްވެފައި، އަތޮޅު ކައުންސިލްތައް އުވާލުމުން އެ މަގާމު ވެސް އުވިގެންދާނެތީ ކަމަށްވެއެވެ.

ސިވިލް ސާވިސް ކޮމިޝަނުން އެ މުވައްޒަފުން ވަޒީފާއިން ވަކިކޮށް ފޮނުވި ލިޔުމުގައި ބުނެފައިވަނީ އެ މުވައްޒަފުން ވަކިކުރީ އަތޮޅު ކައުންސިލްތައް އުވިފައިވާތީ، ސިވިލް ސާވިސްގެ ގަވާއިދާ އެއްގޮތަށް ވަޒީފާ ދޫކޮށްލަންޖެހޭތީ ކަމަށެވެ. އެ މުވައްޒަފުންނަށް ވަޒީފާ ދޫކޮށްލަންޖެހޭތީ އެއްފަހަރާ 10،000ރ. ދީފައިވެއެވެ.

ނަމަވެސް އަތޮޅު ކައުންސިލްތަކުގެ އިދާރާތަކާއި، އެނޫންވެސް އަތޮޅު ކައުންސިލްތަކުގެ އޮފީސްތަކުގައި މަސައްކަތްކުރަމުންދިޔަ މުވައްޒަފުން މަސައްކަތްކުރާނެ އެހެން ތަނެއް، ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު، ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށްފަހު, އެ ކައުންސިލްތަކަށް އަލަށް އިންތިހާބުކުރެވޭ މެންބަރުން އެމީހުންގެ މަގާމާ ހަވާލުވާތާ 60 ދުވަހުގެ ތެރޭގައި އެލްޖީއޭގެ މަޝްވަރާއާއެކު ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. 

މީގެ އިތުރުން އެ މުއްދަތުގެ ތެރޭގައި އެ މުވައްޒަފުން އަދާކުރަމުންދިޔަ ފެންވަރުގައި އެހެން ވަޒީފާއެއް ހަމަޖައްސައި، އެ މުވައްޒަފުންގެ ވަޒީފާ ބަދަލުކުރުމުގެ ކަންކަން ނިންމަންވާނެ ކަމަށާއި އެ މުވައްޒަފުންގެ ވަޒީފާ ބަދަލުކުރުމުގެ ކަންކަން ހަމަޖައްސައި ނިމެންދެން، އެ މުވައްޒަފުން ތިބޭނީ އެލްޖީއޭގެ މުވައްޒަފުންގެ ގޮތުގައި ކަމަށް ވެސް އައު ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. 

ގާނޫނަށް ބާރުދީ ރައީސް އޮފީހުން އެލްޖީއޭއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އަތޮޅު ކައުންސިލްތައް އުވިގެންދާނެތީ، އެ އިދާރާތަކުގައި މަސައްކަތްކުރަމުންދާ މުވައްޒަފުންގެ ވަޒީފާއާ ގުޅޭ ކަންކަން ގާނޫނުގައިވާ ގޮތުގެ މަތިން ހަމަޖައްސައި، އެ މުވައްޒަފުންގެ ވަޒީފާގެ ކަންކަން ހަމަޖައްސައި، އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭ ގޮތަށް އަދި މުވައްޒަފުންނަށް މިހާރު ލިބޭ އިނާޔަތްތަކަށް އުނިކަން ނާންނަ ގޮތަށް އަމަލުކުރުމަށް ރައީސް މުހައްމަދު މުއިއްޒު އެންގެވި ކަމަށް ބުނެފައިވެއެވެ. 

ނަމަވެސް ކުއްލި ގޮތަށް އަތޮޅު ކައުންސިލްތަކުގެ އެސްޖީން މަގާމުން ވަކިކުރި ސަބަބެއް ރައީސް އޮފީހުން މިހާތަނަށް ނުބުނެ އެވެ. 

ލާމަރުކަޒީ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގައި ބަޔާންކުރާ ގޮތުގައި އަތޮޅު ކައުންސިލްތަކުގެ އެންމެ ފަހުން އޮތް ދައުރު ހަމަވުމާ އެކު އަތޮޅުތަކުގެ ހިންގުން ހަވާލުވަނީ ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)އާ އެވެ. 

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved