March 12, 2026
Advertisement
..
.. / ސޯޝަލް މީޑިއާ

ޕީއެންސީ ޖަލްސާގައި "ވާނުވާ ބަންދު" އުވާލަން ގޮވާލުމުން ޕޯސްޓަރު އަތުލާ ޖަލްސާއިން ބޭރުކުރި ވީޑިއޯއެއް ދައުރުވަނީ

Yana Shareef
ޔާނާ ޝަރީފް
Nov 16, 2025, 02:13 AM

ހިޔާލުފާޅުކުރުމުގެ މިނިވަންކަން ތަންމިނަށް ހުޅުވިފައިވާކަމަށް ދައުވާކުރާ ސަރުކާރުން ހުކުރު ދުވަހު ރޭ ބޭއްވި ޖަލްސާ ތެރެއިން ހިޔާލު ފާޅުކުރި މީހަކު ބޭރުކުރި ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވާން ފަށައިފިއެވެ.

Advertisement

ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް އައުމަށް ދެއްކެވި އެންމެ ބޮޑު އެއް ވާހަކައަކީ "ވާނުވާ ބަންދު" އުވާލުމެވެ. ވެރިކަމަށް އައުމަށްފަހު ވާނުވާ ބަންދުގައި އެއްވެސް މީހަކު ނުބަހައްޓާނެކަމަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދު އަދިވެސް އޮތީ އޮތްގޮތަށެވެ.

މިފަހުން ޖުމްހޫރި ދުވަހު އޮތް ޖަލްސާގައި ވެސް ވާނުވާ ބަންދު އުވާނުލެވުމުން ބަހަނާ ދައްކާ ޝަރުއީ ދާއިރާ ބޮލަށް ޖަހާފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.

މި ސަރުކާރަށް ދެ އަހަރު ފުރުމުގެ ގޮތުން ހުކުރު ދުވަހު ބޭއްވި ޖަލްސާގައި ވެސް ރައީސް މުއިއްޒު ވަނީ ހިޔާލު ފާޅުކުރުމަށް ހުއްދަ ދެވިފައިވާ ކޮންމެ ތަނެއްގައި ވެސް ހިޔާލުފާޅުކުރަންވީކަމަށާއި އަޅާވެސް ނުލާނެކަމަށް ވިދާޅުވިއެވެ.

އެހުރިހާ ވާހަކަތަކެއް ދައްކަވަން ހުއްޓާ ޒުވާނުންގެ ބަަޔަކު ވަނީ "ވާނުވާ ބަންދު އުވާލަން" ގޮވާލާ ޕޯސްޓަރުތައް ދައްކާލާފައެވެ. އެވަގުތު ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީންގެ ކައިރީ މަސައްކަތް ކުރައްވާ ޔައީޝް ވަނީ އެ ޒުވާނުންގެ ޕޯސްޓަރުތައް އަތުލާ ޖަލްސާއިން ނެރެފައެވެ.

މި މަންޒަރު ދައްކުވައިދޭ ވީޑިއޯ އާންމުވެފައިވާއިރު ގިނަ ބަޔަކު ވަނީ މި އަމަލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved