March 16, 2026
Advertisement
ޕީއެންއެފްގެ ގައުމީ ޖަލްސާގެ ތެރެއިން
ޕީއެންއެފްގެ ގައުމީ ޖަލްސާގެ ތެރެއިން / ތޭރަ އޮންލައިން

ޕީއެންއެފްގެ ޖަލްސާއެއް މިރޭ އޮންނާނެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 16, 2025, 10:21 PM

ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ޖަލްސާއެއް މިރޭ އޮންނާނެ ކަމަށް އެ ޕާޓީއިން ހާމަކޮށްފިއެވެ.

Advertisement

އެ ޕާޓީން ހާމަކުރި ގޮތުގައި ޖަލްސާ އޮންނާނީ މިރޭ ހ. ދޫވެހީގެ ފުރަތަމަ ފަންގިފިލާގައި ހުންނަ އެ ޕާޓީގެ އޮފީހުގައެވެ. ޖަލްސާ ފެށޭނީ މިރޭ 8:45 ގައި ކަމަށް ވެސް އެ ޕާޓީއިން ހާމަކޮށްފައިވެއެވެ.

މިރޭގެ ޖަލްސާގައި ވެސް ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެން އިންސާފުކޮށްދެއްވާއިރު އެމަނިކުފާނުގެ ސިޔާސަތު ގަބޫލުކުރައްވާ ބިނާކުރަނިވި ފިކުރަށް ތާއީދުކުރައްވާ ވީހާވެސް ގިނަ ބޭފުޅުން ޖަލްސާގައި ބައިވެރިވުމަކީ ޕީއެންއެފްގެ ވަރަށް ބޮޑު އެދުމެކެވެ.


ޕީއެންއެފްއިން ސިލްސިލާކޮށް ބާއްވަމުންދާ ޖަލްސާތަކުގައި ގައުމަށް ދިމާވެފައިވާ މައްސަލަތައް ފާހަގަކޮށް ސަރުކާރު ބާރުވެެރިކުރުވުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

ޕީއެންއެފްއިން ވަނީ މި ޖަލްސާގައި އެޕާޓީއަށް އަދި ރައީސް ޔާމީނަށް ތާއީދުކުރައްވާ ފަރާތްތަކުން ބައިވެރިވުމަށް ދައުވަތު އަރުވާފައެވެ.

މީގެ އިތުރުން، ޕީއެންއެފްއިން މިދިޔަ ހުކުރު ދުވަހުގެ ރޭ ބާއްވަން އުޅުނު ޖަލްސާވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި އެ ދުވަހު ނުބާއްވާ ފަސްކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved