މަސްތުވާތަކެތި / މޯލްޑިވްސް ޕޮލިސް ސާރވިސް
ހަބަރު
400 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ނައްތާލައިފި
Aishath Naja
އައިޝަތު ނަޖާ
03 މާރިޗު 2024
މާލެ ސިޓީ

މައްސަލަތަކުގައި ފުލުހުން އަތުލައިގަނެފައިހުރި 400 މިލިއަން ރުފިޔާގެ މަސްތުވާތަކެތި މިއަދު ނައްތާލައިފި އެވެ.

ފުލުހުން ބުނީ މިއަދު ނައްތާލީ އެ އިދާރާގެ ބެލުމުގެ ދަށުގައު ހުރި 125 ކިލޯގެ ތެރެއިން 103 ކިލޯގެ މަސްތުވާތަކެތި ކަމަށެވެ.

އަދި އެއީ ނައްތާލުމަށް ޕީޖީން ހުއްދަ ދީފައިވާ އަދަދު ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މިއަދު ނައްތާލާފައިވަނީ 958 މައްސަލައާއި 197 އިންސިޑެންޓުގައި ހިމެނޭ 3121 އެވިޑެންސް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އޭގެތެރޭގައި ހިމެނެނީ (ކިލޯއިން)

  • ހެރޮއިން - 66،012.5786

  • ކެނަބިސް - 14،304.4729

  • މެތް - 6،873.7369

  • ކޮކެއިން - 9،769.0366

  • ކެނިނޯން - 6،251.7878

  • ކެޓަމިން - 463.6739

  • އެލްއެސްޑީ - 0.0424

އެގޮތުން 8،293 ރަބަރު ޕެކެޓު، 2،731 ސެލޯފިންކޮޅު، ފިލްމުހުސްކުރި 237 ދަޅު، 585 ބުލެޓު އަދި 30 ބިޑީގެ އިތުރުން 537 މަނާ ބޭސްގުޅަ އެވެ.

އަދި އެހެނިހެން ތަކެތީގެ ގޮތުގައި 3،045 އައިޓަމެއް މިއަދު ވަނީ ނައްތާލާފަ އެވެ.

މިތަކެތީގެ މަގުމަތީ އަގަކީ 425،590،234.92 ދިވެހި ރުފިޔާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި ނައްތާލުން ދޫނިދޫގައި ކުރިއަށް ގެންދިޔައީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެއްޗާއި މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާލާފައިވާ ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved