theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
. / ސޯޝަލް މީޑިއާ
ދުނިޔެ
ޕާކިސްތާނުގައި އެއްޗެއް ގޮއްވާލުން: ހަތަރު މީހަކު ހައްޔަރުކޮށްފި
Yana Shareef
ޔާނާ ޝަރީފް
16 ނޮވެމްބަރު 2025

ޕާކިސްތާނުގައި މިދިޔަ އަންގާރަ ދުވަހު ހަށިގަނޑުގައި ބޮމެއް ހަރުކޮށްގެން ގޮއްވާލި މައްސަލައިގައި އެ ގައުމުގައި ހަރަކާތްތެރިވާ ތާލިބާނުންގެ ބަޔަކު ހައްޔަރުކޮށްފިއެވެ.

ބޮމުގެ ހަމަލާދިނީ ތާލިބާނުންގެ ޕާކިސްތާނު ގޮފި، ތެހެރިކާ ތާލިބާނަށް ނިސްބަތްވާ ބައެއްކަމަށް ޕާކިސްތާނުގެ އިދާރާތަކުން ބުނެއެވެ. މި ޖަމާއަތަކީ ޕާކިސްތާނުގެ ސަރުކާރުގެ މަދަދުވެރިކަމުގެ ފަހަތުގައި އޮޕަރޭޓްކުރާ ބައެއްކަމަށް އިންޑިއާއިން ކުރިއްސުރެ ތުހުމަތުކުރަމުން އަންނަ ބައެކެވެ.

އިސްލާމްއާބާދުގެ ކޯޓު ކޮމްޕްލެކްސްއެއްގެ ކުރިމަތީގައި އަންގާރަ ދުވަހު ދިން ހަމަލާގައި 12 މީހަކު މަރުވެ، ގިނަ ބަޔަކު ޒަޚަމްވިއެވެ.

ޕާކިސްތާނުން ބުނީ މި ހަމަލާގެ ކަންކަން އިންތިޒާމުކޮށް، ހަމަލާގެ ކަންކަން ވަގުތުން ވަގުތަށް ބަލަހައްޓަމުން ދިޔައީ އަފްޣާނިސްތާނުގައި ގާއިމްވެ ތިބި، ތެހެރިކާ ތާލިބާނުންގެ ވެރިން ކަމަށެވެ. އަދި ޕާކިސްތާނުން ހައްޔަރުކުރީ މި ހަމަލާދިން ސެލްގެ ކޮމާންޑަރާއި، އޭނަގެ ދަށުން މަސައްކަތްކުރާ ތިން ހަނގުރާމަވެރިން ކަމަށެވެ.

އަފްޣާނިސްތާނުގެ ދާޚިލީ ވަޒީރު މުހްސިން ނަގްވީ ސެނެޓުގައި ވިދާޅުވީ މިހަމަލާގައި ބޮން ހަރުކޮށްގެން ހަށިގަނޑު ގޮއްވާލީ އަފްޣާނިސްތާނަށް ނިސްބަތްވާ ހަނގުރާމަވެރިއެއް ކަމަށެވެ.

އަހަރުތަކަކަށްފަހު ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހަނގުރާމަވެރިން ހަމަލާއެއް ދީފައި މިވަނީ އޭގެ ކުރީ ދުވަހު އިންޑިއާގެ ވެރިރަށް ދިއްލީއަށްވެސް ހަނގުރާމަވެރިން ހަމަލާއެއް ދީފައިވަނިކޮށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved