ކަނޑާއި ވައިގަދަ ވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ އުތުރު ސަރަހައްދަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
މެޓުން ހުދު ސަމާލު ނެރިފައިވަނީ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށެވެ. އެ ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު މެންދުރު 14:50 އިން ފެށިގެން މިރޭ 20:50 އަށެވެ.
އެ ސަމާލުގައި ވަނީ ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައިއެވެ.
Alert white for heavy rain pic.twitter.com/L1WmOgR6TV
— Maldives Meteorology (@MetMaldives) November 17, 2025
މޫސުމަށް ނުބަލާ ދަތުރުފަތުރު ކުރުމުގެ ސަބަބުން ކަނޑުމަތީގައި އާއި މަގުމަތީގައި ނުރައްކާތެރި ހާދިސާތައް އިތުރުވަމުން އަންނާތީ ސަމާލުވުމަށް ކަމާއި ބެހޭ އިދާރާތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.