March 16, 2026
Advertisement
-
- / -

ފުވައްމުލައް ސިޓީ ފެނަށް ޖެހުންވެސް ކުރީ ސަރުކާރުތަކުގެ ބޮލަށް ޖަހައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 17, 2025, 11:17 PM
މާލެ ސިޓީ

ފުވައްމުލަކުގެ ސިޓީގެ ރައްޔިތުން ފެނަށް ޖެހި، އެ ރަށުގެ ފެން ތަޣއްޔަރުވެފައިވަނީ ކުރީ ސަރުކާރުގެ މައްސަލަތަކުގެ ސަބަބުން ކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން ވިދާޅުވެއްޖެ އެވެ.

Advertisement

ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން އިބްރާހީމް ހުސައިން ވިދާޅުވީ ފުވައްމުލަކު ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ކުރި ކުންފުނިން ދެ އަހަރުގެ ވޮރަންޓީއާއެކު އެ ދެ ނިޒާމު ބަލަހައްޓަން އޮތް ނަމަވެސް، އެމްޑީޕީ ސަރުކާރުން އެ އެއްބަސްވުން ބާތިލުކޮށް ނިޒާމުތައް ބެލެހެއްޓުން ފެނަކައާ ހަވާލުކުރި ކަމަށެވެ.

މިއާއިއެކު ފެނުގެ ނިޒާމުގައި މައްސަލަ ޖެހެން ފެށީ އެގޮތަށް އަމަލުކުރުމުން ކަމަށް އޭނާ ވަނީ ކުރީ ސަރުކާރަށް ތުހުމަތުކޮށްފައެވެ.

މީގެ އިތުރުން އިބްރާހީމް ހުސައިންވަނީ 2014 ވަނަ އަހަރު މާލޭގައި ފެން ދަތިވުމުގެ މައްސަލައިގައި ރައީސް އަބްދުﷲ ޔާމީނަށް ބޮޑެތި ފާޑުކިޔުންތައްވެސް އަމާޒުކޮށްފައެވެ. މިގޮތުން، އޭރު ރައީސް ޔާމީނުގެ ސަރުކާރުން ރައްޔިތުންނާމެދު ކަންކުރި ގޮތަށްވުރެ މި ސަރުކާރުން ފުވައްމުލަކު ފެނަށް ޖެހުމުން ކަންކުރި ގޮތް މާ ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.

އިބްރާހީމް ހުސައިން މިހެން ވިދާޅުވިއިރު ފުވައްމުލަކުގެ ރައްޔިތުން ސާފުތާހިރުވާނެ، އަދި ބޯނެ ސާފު ފެންކޮޅެއް ނުލިބި ގަޑިއިރުތައް ދުވަސްތަކަށް ބަދަލުވެގެން ދިޔައިރުވެސް ސަރުކާރަށް މުހިއްމުވީ ރައްޔިތުންގެ ފައިސާއިން ސަރުކާރަށް ތާއީދުއޮތްކަން ދައްކަން ޖަލްސާތައް ބޭއްވުމަށެވެ.

ފުވައްމުލަކުގެ ރައްޔިތުން އިހުތިޖާޖުކޮށް ސަރުކާރަށް އާދޭސް ދެންނެވިއިރުވެސް ފެން ލިބޭނެ ގޮތެއް ހައްދަވާ ނުދީ މުއިއްޒު ހުންނެވީ މަޖުބޫރުން ރައްޔިތުން އެއްކޮށްގެން ހޮޅި ވައުދުތައް ވުމުގައި ބިޒީކޮށެވެ.

އޭނާގެ އިތުރުން ފުވައްމަލުކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ވެސް ބަޖެޓު ބަހުސް ގައި ވާހަކަދައްކަވަމުންވަނީ ރައީސް ޔާމީނަށާއި އެމްޑީޕީ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކޮށްފައެވެ.

މިދިޔަ ހަފުތާގައި ފަލަ ސުރުހީގައި އޮތީ ފުވައްމުލަކު ފެނުގެ ނިޒާމުގެ ވާހަކަ. ފުވައްމުލަކުގެ ފެނުގެ ނިޒާމަކީ ނިމިދިޔަ ދެ ސަރުކާރުން ހަމަ އިހުމާލުވެފައިވާ ކަމެކޭ އަޅުގަނޑު ދަންނަވާނީ

ފަޒާދު ވިދާޅުވި އެވެ.

ފެނަކައިން މިހާރު ފުވައްމުލަކުގެ ސިޓީގެ ރައްޔިތުންނަށް ފެން ދޫކޮށްފައިވާއިރު މި ފެން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ޓެސްޓްކޮށް ނަތީޖާވެސް ހާމަކޮށްފައިނުވެއެވެ. އެހެންކަމުން މިހާރު ލިބެމުންދާ ފެނުގެ އެއްވެސް ރައްކާތެރިކަމެއް ކަށަވަރުނުވާ ކަމަށް އެ ރަށު ކައުންސިލުންވެސް ބުނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved