March 16, 2026
Advertisement
-
- / މިނިސްޓްރީ އޮފް ހައުސިން

ރާއްޖޭގައި ގޭންގްތައް އޮޕަރޭޓް ނުކުރާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 18, 2025, 04:14 PM
މާލެ ސިޓީ

ރާއްޖޭގައި ގޭންގެއްގެ ޝަރުތު ހަމަވާ އެއްވެސް ބަޔަކު ނެތް ކަމަށާއި އެފަދަ ހަރަކާތްތައް ހިންގާ ގްރޫޕްތަކުން އެކަން ހުއްޓާލާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.

Advertisement

ސަރުކާރަށް 730 ދުވަސް ފާހަގަކުރުމަށް 14 ނޮވެމްބަރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ރާއްޖޭގައި ގާނޫނީ ގޮތުން ކަނޑައެޅިފައިވާ އެއްވެސް ގޭންގެއް ނެތްކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި މި މައުލޫމާތު ދީފައިވަނީ ހޯމް މިނިސްޓަރު އަލީ އިހުސާން ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް އާއި މިނިސްޓަރު މިފަދަ ބިޔަ ބޮޑު ޖަލްސާއެއްގައި ދެއްކެވިއިރު ސަރުކާރުން ކަނޑަނޭޅިއަސް މާލެ ސަރަހައްދުގައި އެކަނިވެސް އެކި ނަން ނަމުގައި އެތަކެއް ގޭންގްތަކެއް އޮޕަރޭޓް ކުރަމުން އަންނަކަން ފާހަގަވެއެވެ. އަދި މި ގޭންގް ނުވަތަ ގްރޫޕްތަކުގައި ކުޑަކުދިންގެ ޝާމިލުވުންވެސް އޮންނަ ވަރު އިތުރުވަމުން އަންނަކަންވެސް ފާހަގަކުރެވެއެވެ.

މީގެ އިތުރުން، މި ސަރުކާރުގެ ހޯމް މިނިސްޓްރީގެ ނައިބު، މުހައްމަދު ޝަހީދު ވިދާޅުވީ ރާއްޖޭގައި 83 ގޭންގު މިހާރު ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެ ގޭންގުތަކުގައި 3600 މީހުން، ކުށްކުރުމުގައި އުޅޭ ކަމަށް އޭނާ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި ވެރި ރަށް މާލޭގައި އެކަނި ވެސް 45 ގޭންގު ހަރަކާތްތެރިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަޅުގަނޑު އިހަށް ދުވަހު އަހާލައިފިން ހޯމް މިނިސްޓަރު ކައިރީގައި ކޮބާ މިހާރު ކިތައް ގޭންގު ކަނޑައެޅިއްޖެ ހެއްޔޭ، ހޯމް މިނިސްޓަރު ވަރަށް އުފާވެލާފައި ވިދާޅުވީ މިހާރު ނެތޭ، ތިމަންނަމެން ޕީޖީއަށް ފޮނުވައިގެން ޕީޖީ ވިދާޅުވިޔޭ ނެތޭ އަދި ތިޔަ ޝަރުތު ހަމަވާ އެއްވެސް ގޭންގެއް

ރައީސް މުއިއްޒު ވިދާޅުވިއެވެ.

ފާއިތުވި ދެ އަހަރު ތެރޭގައި ކުރެވުނު ބޮޑު ކާމިޔާބީއެއް ގޮތަށް ސިފަކޮށް ރައީސް މިފަދައިން ވިދާޅުވުމުން ގިނަ ބަޔަކު އަންނަނީ މުއިއްޒަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.

މިގޮތުން، ޕީއެންސީއިން ބޭއްވި ޖަލްސާގައި މުއިއްޒު ހެއްދެވީ ހުސްދޮގު ކަމަށާއި މުއިއްޒު ވަނީ ދޮގުން ނެގޭ އެންމެ މަތީ ފާސް ނަންގަވާފަ ކަމަށް ކުރީގެ ހޯމް މިނިސްޓަރކަން އަދާކުރެއްވި އުމަރު ނަސީރުވެސް ވަނީ ވިދާޅުވެފައެވެ.

-
-
ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved