March 14, 2026
Advertisement
.
. / މަޖިލިސް

އަންނަ އަހަރު ދަރަންޏަށް ދައްކަންޖެހޭ 1 ބިލިއަން ޑޮލަރު ރާއްޖެއަކު ނެތްކަމަށް ސަންސިޔާމް ވިދާޅުވެއްޖެ

Yana Shareef
ޔާނާ ޝަރީފް
Nov 18, 2025, 06:45 PM

2026 ވަނަ އަހަރު ރާއްޖެއިން ދަރަނީގެ ގޮތުގައި 1 ބިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށާ އެ ފައިސާ އަކީ މިއަދު މި ގައުމުގައި ނެތް ފައިސާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި 2026 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓަށް ބަހުސް ކުރައްވަމުން ސިޔާމް ވިދާޅުވީ ދައުލަތުން ކުރާ ޚަރަދު ބޮޑުތަނުން ކުޑަކުރަން ޖެހިފައިވާ ކަމަށެވެ.

އެގޮތުން ދައުލަތުގެ ޚަރަދު 40 އިންސައްތަ އިން ކުޑަ ކުރަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށް މެންބަރު ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވީ ޚަރަދު ކުޑަކުރަން ޖެހޭ އެންމެ ބޮޑު ސަބަބަކީ އަންނަ އަހަރު ދަރަނީގެ ގޮތުގައި 1 ބިލިއަން ޑޮލަރު ދައްކަން ޖެހުން ކަމަށެވެ. އަދި އެއީ މިވަގުތު ރާއްޖޭގައި ހުރި ފައިސާ ނޫން ކަމަށާ އެ ފައިސާ ހޯދޭނީ ވެސް ޚަރަދު ކުޑަ ކޮށްގެން ކަމަށް ސިޔާމް ވިދާޅުވި އެވެ.

ރާއްޖެ އަށް މިވަގުތު ލިބޭ ފައިދާ އަށް ބަލާއިރު ދައުލަތުން ކުރާ ޚަރަދަކީ ލިބޭ އެއްޗަކާ އެއްވަރުގެ ޚަރަދަކަށް ވާން ޖެހޭ އެއްޗެއް ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ. އަދި އެ ނޫން އިތުރު އެއްވެސް ގޮތަކަށް ދައުލަތުގެ ރިޒަރވް އިތުރު ނުކުރެވޭނެ ކަމަށާ ރާއްޖޭގެ ރިޒަރވް އޮތީ ވަރަށް ދަށުގައި ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.

އެހެންކަމުން ރިޒަރވް ހަމަޖެއްސުމަށްޓަކައި ވެސް އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ޚަރަދުތައް ކުޑަކުރުން ކަމަށް ސިޔާމް ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved