March 16, 2026
Advertisement
ރާއްޖޭގެ ކުރީގެ ނައިބު ރައީސް، ޑރ މުހައްމަދު ޖަމީލު އަހުމަދު
ރާއްޖޭގެ ކުރީގެ ނައިބު ރައީސް، ޑރ މުހައްމަދު ޖަމީލު އަހުމަދު / ތޭރަ އޮންލައިން

ގޭންގެއް ނެތް، އެކަމަކު ރާއްޖޭގެ ދެކުނުން ފެށިގެން އުތުރަށް އެއްވެސް ރައްކާތެރިކަމެއް ނެތް: ޑރ.ޖަމީލް

Yana Shareef
ޔާނާ ޝަރީފް
Nov 18, 2025, 07:05 PM

މި ގައުމުގައި މިހާރު ގޭންގުތަކުން ހަރަކާތްތެރި ނުވާކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވުމުން ޕީއެންއެފްގެ ނައިބު ރައީސް, ޑރ.މުހައްމަދު ޖަމީލް އަހުމަދު ފާޑުވިދާޅުވެއްޖެއެވެ.

Advertisement

ޑރ.ޖަމީލްގެ ފާޑުކިޔުން އަމާޒުކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ގައުމުގެ ރައީސަކު ޣައިރު ޒިންމާދާރު ވާހަކަ ދެއްކުމަކީ ވަރަށް ބޮޑަށް ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއްކަމަށް ވިދާޅުވެފައެވެ.

މި ސަރުކާރަށް ދެ އަހަރުފުރުމާއި ގުޅިގެން ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގައި ގާނޫނީ ގޮތުން ކަނޑައެޅިފައިވާ އެއްވެސް ގޭންގެއް ނެތްކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި މި މައުލޫމާތު ދީފައިވަނީ ހޯމް މިނިސްޓަރު އަލީ އިހުސާން ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް އާއި މިނިސްޓަރު މިފަދަ ބިޔަ ބޮޑު ޖަލްސާއެއްގައި ދެއްކެވިއިރު ސަރުކާރުން ކަނޑަނޭޅިއަސް މާލެ ސަރަހައްދުގައި އެކަނިވެސް އެކި ނަން ނަމުގައި އެތަކެއް ގޭންގްތަކެއް އޮޕަރޭޓް ކުރަމުން އަންނަކަން ފާހަގަވެއެވެ. އަދި މި ގޭންގް ނުވަތަ ގްރޫޕްތަކުގައި ކުޑަކުދިންގެ ޝާމިލުވުންވެސް އޮންނަ ވަރު އިތުރުވަމުން އަންނަކަންވެސް ފާހަގަކުރެވެއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ގޭންގެއް ނެތްކަމަށް އެކަމަކު ރާއްޖޭގެ ދެކުނުން ފެށިގެން އުތުރަށް އެއްވެސް ރައްކާތެރިކަމެއް ނެތްކަމަށާއި އެއަރޕޯޓުން ރޯމާ ދުވާލު ބޮޑަތި ޢަދަދުގެ ފައިސާ ފޭރޭކަަމަށް ޑރ.ޖަމީލް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން މީހުން ގޮތްނޭގޭ ގޮތަށް މަރަނީކަމަށާއި މިއީ ހަމަ މިއަދުން ފެށިގެން ޝަރީޢަތަށް ނުފޫޒު ފޯރުވުން ނިމުނީ އެގޮތަށް ނިމުނު ކަމެއްކަމަށެވެ.

ޑރ ޖަމީލް ވިދާޅުވީ ރައީސް މުއިއްޒާމެދު ހޭންވީކަމެއް ނުވަތަ ރޯންވީ ކަމެއް ނޭގުނުކަމަށެވެ.

.
.
ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved