March 15, 2026
Advertisement
މަޖިލިސް ތަޅުން
މަޖިލިސް ތަޅުން / -

ބަޖެޓު ބަހުސް ނިންމާލި އިރު ގިނަ މެމްބަރުންގެ ހިތްހަމަނުޖެހުން

Faina Faiz
ފައިނާ ފާއިޒް
Nov 18, 2025, 10:17 PM
މާލެ ސިޓީ

ރައިސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން 2026 ވަނަ އަހަރަށް ލަފާކުރެވޭ ބަޖެޓު ކަނޑައެޅުމަށް ކުރިއަށް ގެންދާ ބަޖެޓު ބަހުސް ނިންމާލި އިރު ގެނަ މެމްބަރުން ވަނީ ބަޖެޓާ ގުޅިގެން ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ.

Advertisement

އަންނަ އަހަރަށް ލަފާކުރެވޭ ބަޖެޓު މަޖިލީހަށް ހުށަހަޅާފަ ވަނީ ނިމދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. އަދި ބަޖެޓާއި ގުޅެގޮތުން ބަހުސް ކުރުމަށް ކޮންމެ މެމްބަރަކަށް 15 މިނަޓު ދެވިފަ ވާއިރު 60 މެމްބަރުން ވަނީ ބަހުސްގަ ބައިވެރި ވެފައެވެ.

ބަހުސް ކުރެއްވި މެންބަރުންގެ ތެރެއިން ގިނަ މެމްބަރުން ވަނީ ބަޖެޓުގައި ހުރި ކަންކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ޕީއެންސީއަށް ނިސްބަތްވާ މެމްބަރުންވެސް ވަނީ ސަރުކާރުން އެ މެމްބަރުންގެ ދާއިރާތަކަށް މަޝްރޫއުތައް ކަނޑައަޅާފަ ނެތުމުން މިކަމާމެދު ފާޅުގައި ބަސްބުނުއްވާފައެވެ.

ސަރުކާރުން އަންނަ އަހަރަށް ހުށަހަޅުއްވާފައިވަނީ 64.2 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓު ދިރާސާކުރާ ކޮމިޓީއިން އަންނަނީ ބަޖެޓު ަބަހުހަށް ފަހު ބަޖެޓަށް ގެންނަން ޖެހޭ އިސްލާހުތައް ދިރާސާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަމުންނެވެ.

މި ކޮމިޓީގެ މަސައްކަތް މާދަމާ ނިންމުމަށް ވަނީ ތާވަލުކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved