March 11, 2026
Advertisement
ރައީސް ޔާމީން އަރިހުގައި ރައީސް މުއިއްޒު
ރައީސް ޔާމީން އަރިހުގައި ރައީސް މުއިއްޒު / އަވަސް

ރައީސް ޔާމީންގެ ސުވާލެއް ރައީސް މުއިއްޒަށް: ތަރައްގީ ގެނައުމުގެ ނިޔަތް އޮތް ނަމަ ބަޖެޓުގައި ތަފްސީލު ނުހިމެނީ ކީއްވެ؟

Mariyam Isaadha
މަރިޔަމް އިސާދާ
Jan 20, 2026, 10:48 PM
މާލެ ސިޓީ

އަތޮޅު ތެރޭގެ ރައްޔިތުންނަށް ތަރއްގީ ގެނެސްދިނުމުގެ ހެޔޮ ނިޔަތް ރައީސް މުހައްމަދު މުއިއްޒުގެ ކިބައިގައި ހުންނެވި ނަމަ މި އަހަރަށް ފާސްކުރި ބަޖެޓުގައި ދާއިރާތަކަށް ގެންނާނެ ތަރައްގީއާ ގުޅުން ހުރި ތަފްސީލީ އަދަދުތައް ނުހިމެނި ސަބަބާ މެދު ރައީސް އަބްދުﷲ ޔާމީންގެ ސުވާލެއް އަމާޒުކުރައްވައިފިއެވެ.

Advertisement

ޕީއެންއެފްގެ ޓައުން ހޯލު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ގޮނޑިތައް ސަރުކާރު ތަމްސީލު ކުރާ ޕީއެންސީއަށް ދިނުމަށް ރައީސް މުއިއްޒު ވިދާޅުވި ވިދާޅުވުމަށް އިޝާރާތްކުރައްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ، އެއީ އެކަން އޮންނަންވާނެ ގޮތް ނޫން ކަމަށާ، އެ ގޮނޑިތައް ދިން ނަމަވެސް ސަރުކާރުން ތަރައްގީ ނުގެންނާނެ ކަމަށެވެ. އެއާއެކު ރައީސް ޔާމީން ވަނީ ވަރުގަދަ ސުވާލެއް ރައީސް މުއިއްޒަށާ ސަރުކާރަށް ވަރުގަދަ ސުވާލެއް އަމާޒުކުރައްވާފައެވެ.

އެމަނިކުފާނު ވަނީ އަހަރު އަދި ކިރިޔާ ފެށުނީ ކަމަށާ ކުރިންވެސް މި އިންތިހާބު އޮންނާނެ ކަން އެނގޭ އިރު ރައްޔިތުންނަށް ތަރައްގީ ގެނެސްދިނުމުގެ ހެޔޮ ނިޔަތް އޮތްނަމަ އެ ތަރައްގީ ގެންނަން ބަޖެޓުގައި ޖަހާ ތަފްސީލުތައް ނުހިމެނީ ކީއްވެތޯ އައްސަވާ ސުވާލުކުރައްވާފައެވެ.

ރައީސް ޔާމީން ވިދާޅުވީ ބަޖެޓު ގަނޑުކޮށް ފާސްކޮށް އެހުރިހާ ބާރެއްވެސް ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް އެ ބާރުތައްވެސް ދަމައިގެންފައިވާ ކަމަށާ އެހުރިހާ ކަމެއްގެ ޒިންމާ ނަގަން ޖެހޭނީ ޒިންމާއިން ރެކި އިހުމާލުވެފައި ތިބި ރައްޔިތުންގެ މަޖިލިސް މެމްބަރުން ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved