
އޭދަފުށި ރައްޔިތުން އެމީހުންގެ ހައްގުތަކަށް ގޮވާލާ މުޒާހަރާ ކުރަން ޖެހޭކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އޭދަފުށި ޓައިމްސްއިން ކޮށްފަވާ ޕޯސްޓެއްގައި ވަނީ އެރަށު ރައްޔިރުންނަށް ފްލެޓު އަޅާދޭ އެގްރީމެންޓުގަ ސޮއި ކުރިތާ އަހަރެއް ވެގެންގޮސްފަވާ ކަމަށާ އަދި މިއަދާ ހަމައަށް ވެސް މި މަޝްރޫއުގެ އަމަލީ މަސައްކަތް ނުފެޝޭަކަމަށް ބުނެފައެވެ.
މިކަމާ ގުޅިގެން މަލީހު ވިދާޅުވީ މިއީ ހުސްއަނގަތަޅާ ސަރުކާރެއް ކަމަށެވެ. އަދި މިއީ ރައްޔިތުން ވެރިކަން ހަވާލުކުރުމް ކަންކުރައްވާ ގޮތް ކަމަށެވެ.
އަދި ޕްރޮޖެކްޓު އަވަސް ކުރުމަށް އެ ރަށު ރައްޔިތުން ނިކުމެ މުޒާހަރާކުރަންވެސް މަލީހު ވަނީ ގޮވާލައްވާފައެވެ.
އޭދަފުށީގެ އިތުރުންވެސް މިސަރުކާރުން ރާއްޖޭގެ އެކި ރަށްރަށަށް މިފަދަ ވައުދުތައް ވެފަ އެ ވައުދުތައް ފުއްދުމަށް މަސައްކަތް ކުރަމުން ނުދާކަން ފާހަގަކޮށްލެވެއެވެ.










