March 16, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ރައީސް ޔާމީންގެ ވަރުގަދަ ސުވާލެއް: ރައީސް ކީއްވެތޯ އެމަނިކުފާނުގެ ގޮނޑިކޮޅުގަ ހަރުނުލައްވަނީ

Faina Faiz
ފައިނާ ފާއިޒް
Nov 19, 2025, 04:27 AM
މާލެ ސިޓީ

ރައިސް ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނުގެ ގޮނޑިކޮޅުގަ ހަރުނުލައްވަނީ ކީއްވެތޯ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ސުވާލު އުފައްދަވައިފިއެވެ.

Advertisement

ޕީއެންއެފްގެ ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ ރައިސް މުއިއްޒު އެމަނިކުފާނުގެ އޮފީހުގައި އިންނަވާ ގޮނޑިކޮޅުގަ ހަރުނުލައްވަނީ ކީއްވެގެންތޯ ސުވާލު އުފައްދަވާފައެވެ. އަދި މި ގޮނޑީގައި ހަރުނުލައްވަނީ ގޮނޑިކޮޅު ހޫނުކަމުންތޯވެސް ރައިސް ވަނީ ސުވާލު އުފައްދަވާފައެވެ.

ރައިސް ޔާމީން މިފަދައިން ސުވާލު އުފައްދަވާފަ ވަނީ، ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި އޭޓިއެމްތަކާއި ފުޓްސަލް ދަނޑުތައް ހުޅުއްވައިދެއްވުމަށް މުއިއްޒު އެ ރަށްރަށަަށް ދުރުވާތީ އެކަމާ ގުޅުއްވައިގެންނެވެ.

އެމަނިކުފާނު ވިދާޅުވީ ރައިސް ކަމުގެ މަގާމާއި، އެ ގޮނޑިކޮޅާއެކު، ރައްޔިތުންނަށް އަދާކުރައްވަން ޖެހޭ ޒިންމާވެސް އަންނަކަމަށެވެ.

މިފަދަ ކުދި ފަންތީގެ މަޝްރޫއުތައް ހުޅުއްވައިދިނުމަށް ރައީސް ދުރުވަން ޖެހުމަކީ މި ސަރުކާރުން މިއަށް ވުރެން ބޮޑެތި ޕްރޮޖެކްޓުތައް ކުރިއަށް ނުގެންދެވޭ ކަމުގެ ހެއްކެކެވެ. ރައިސް ގޮނޑީގައި ހަރުނުލާ ކަމަކީ ރައްޔިތުންނަށް އަދާކޮށްދޭން ޖެހޭ ޖިންމާތައް ފުރިހަމައަށް އަދާ ނުވާ ކަމުގެ ހެއްކެއްކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved