May 3, 2026
Advertisement
މާލޭ
މާލޭ / އަވަސް

ސާފު ތާހިރުކަން ކުޑަ ކެފޭތަކާއި ހުއްދަ ނުނަގާ ކާބޯތަކެތި އުފައްދާ ތަންތަން މާލޭގައި އެބަހުރި: މާލޭ ސިޓީ ކައުންސިލް

Aishath Naja
އައިޝަތު ނަޖާ
Mar 3, 2024, 11:54 PM
މާލެ ސިޓީ

ސާފުތާހިރުކަން ކުޑަ ކެފޭ ތަކާއި ހުއްދަ ނުނަގާ ކާބޯތާކެތި އުފައްދާ ވިއްކަމުންދާ އެތައް ތަނެއް މާލޭގައި އެބަހުރި ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

Advertisement

މާލެ ސިޓީ ކައުންސިލުން މިހެން ބުނެފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން އެ ކައުންސިލާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރިއަށް ގެންދިޔަ އިންސްޕެކްޝަން ނިންމާލުމަށްފަހު ނެރުނު ބަޔާނެއްގައެވެ.

މި އިންސްޕެކްޝަނުގައި މާލެ، ހުޅުމާލެ، ވިލިމާލެ، ހުޅުލެ، ތިލަފުށި، ގުޅީފަޅު އަދި ކްރޮސްރޯޑުގައި ހުރި ކާބޯތަކެތި އުފައްދާ ތަންތަން ވަނީ ބަލައި ފާސްކޮށްފައެވެ.

ސިޓި ކައުންސިލުން ބުނީ ސާފުތާހިރު ކަމުގެ މިންގަނޑަށް ނުފެތޭ އެތައް ތަނެއް މާލޭގައި އެބަހުރި ކަމަށެވެ.

އެގޮތުން ގިނައީ ކުދި ކުދި ކެފޭތައް ކަމަށާއި އަދި ބިދޭސީން ހިންގާ ތަންތަނެވެ.

މީގެ އިތުރުން ހުއްދަ ނުނަގައި ބިދޭސީންތައް ކާބޯތަކެތި އުފައްދަމުން ގެންދާ އެތައް ތަނެއްވެސް މި އިންސްޕެކްޝަންގެ ތެރެއިން ހޯދިފައިވާ ކަމަށެވެ.

މި ތަންތަނާމެދު އެޗްޕީއޭ އިން ފިޔަވަޅު އަޅާނެ ކަމަށްވެސް އެ ކައުންސިލުން ވަނީ ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved