theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
. / މާލެ ސިޓީ ކައުންސިލް
ސިޔާސީ
ރަސްމީ ލިޔެކިޔުމެއް ވީދާލުމަށްފަހު ނަހުލާ ބުނީ އެއީ އާޒިމްއާ ބެހޭ ކަމެއް ނޫންކަމަށް!
Yana Shareef
ޔާނާ ޝަރީފް
04 ޑިސެމްބަރު 2025

ވިލިމާލޭގައި އައުޓްޑޯ ޖިމް ހަދަން ހަވާލު ކުރި ކުންފުންޏާ ބިން ހަވާލު ކުރި ލިޔުން ވީދާލީ އޮޅުވާލައިގެން ތާރީހު ބަދަލުކޮށްގެން އެކަން ކޮށްފައިވާތީ ކަމަށާއި އެެއީ މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް އާއި ބެހޭކަމެއް ނޫންކަމަށް މާލެ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ވިދާޅުވެއްޖެއެވެ.

އިއްޔެ ކުރިއަށްދިޔަ މާލެ ސިޓީ ކައުންސިލްގެ ޖަލްސާގައި ވާހަކަދައްކަވުން މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ކައުންސިލްގެ އެއްވެސް މެންބަރަކަށް އެއްވެސް ސަބަބަކާ ގުޅިގެން ރަސްމީ ލިޔެކިޔުމެއް ވީދުމުގެ ހުއްދައެއް ނޯންނާނެ ކަމަށާ އަދި ކައުންސިލްގެ ރަސްމީ ލިޔެކިޔުމެއް ވީދާލުމަކީ ޖިނާއީ ކުށެއް ކަމަށެވެ.

އާޒިމް ވަނީ އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާކަމަށްވެސް ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ނަހުލާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިރާލާފައިވަނީ މޭރީ ޖޫގޯއަށް ހަވާލުކުރި އޮޅުވާލައިގެން ފިންގާ ޕްރިންޓް ޖަހައި ސޮއިކުރުވި ލިޔުން ކަމަށާއި އެއީ މޭރީ ޖޫގޯއާ ހަވާލުކުރުމަށް ފަހު އެ ތަަނުގެ ލިޔުމެއް ކަމަށެވެ. އެ ލިޔުން އިރާލިޔަސް އެ ލިޔުމުން ރޮކެޓު ހެދިޔަސް އެއީ މޭޔަރު އާދަމް އާޒިމްއާ ބެހޭ ކަމެއް ނޫންކަމަށް ނަހުލާ ވިދާޅުވިއެވެ.

ނަހުލާ އިތުރަށް ވިދާޅުވީ، ޕޮލިހަށް ހުށަހަޅަން ޖެހޭނީ މަކަރާ ހީލަތުން ފްރޯޑް ލިޔުމެއްގައި ސޮއި ކުރުވައި ފިންގާ ޕްރިންޓް ޖެހުވި ފަރާތް ކަމަށެވެ.

ނަހުލާ މިފަދައިން ޕޯސްޓެއް ޖެހިނަމަވެސް ގިނަ ބަޔަކު ދެކޭ ގޮތުގައި އެއްވެސް މީހަކަށް ރަސްމީ ލިޔެކިޔުމެއް އިރާލުމުގެ ހައްގެއް ލިބިފައިނުވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved