March 15, 2026
Advertisement
.
. / މާލެ ސިޓީ ކައުންސިލް

ނަހުލާ މާލެ ސިޓީ ކައުންސިލްގެ އެގްރީމެންޓުތަކެއް ވީދާލި މައްސަލަ ފުލުހަށް ހުށަހަޅައިފި

Yana Shareef
ޔާނާ ޝަރީފް
Dec 3, 2025, 06:59 PM

ވިލިމާލެ ދާއިރާގެ ކައުންސިލަރު، ނަހުލާ އަލީ މާލެ ސިޓީ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކެއްގެ އެގްރީމެންޓުތަކެއް ވީދާލި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.

Advertisement

ބުދަ ދުވަހު އޮތް މާލެ ސިޓީ ކައުންސިލްގެ ޖަލްސާގައި ވާހަކަދައްކަވަމުން މާލޭ ސިޓީ ކައުންސިލްގެ މޭޔަރު، އާދަމް އާޒިމް ވިދާޅުވީ މާލޭގެ ބިންތަކަކާ ބެހޭ ކޮންޓްރެކްޓެއް ނަހުލާ ވީދާލާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް އެބަ އޮތް ކަމަށެވެ. އަދި އެ ވީޑިއޯ ހުރިހާ ކައުންސިލަރުންނާ ވަނީ ހިއްސާ ވެސް ކޮށްފަ އެވެ.

އާޒިމް ވިދާޅުވީ ނަހުލާ ވީދާލާފައި ވަނީ އެ ކައުންސިލުން މި ފަހުން އާންމުކުރި ބިމުގެ ދަފުތަރުގައި ނުހިމެނި އޮތް ކޮންޓްރެކްޓެއް ކަމަށެވެ.

އާޒިމް ވިދާޅުވީ މާލެ ސިޓީ ކައުންސިލުގެ ލިޔެކިޔުންތައް ނައްތައިލާކަން މިހާރު އެ ވަނީ ހާމަވެފައި ކަމަށެވެ. ކައުންސިލުގައި ލިޔެކިޔުންތައް ހުރިކަން ނުވަތަ ނެތްކަން ނޭނގޭ ކަމަށް ވިދާޅުވާން ޖެހޭ ސަބަބަކީ އެއީ ކަމަށް އޭނާ ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ރަސްމީ ލިޔެކިޔުމެއް ވީދާލުމަކީ ޖިނާއީ ކުށެއް ކަމަށާއި ސިޓީ ކައުންސިލުގައި ހުންނަ އެއްވެސް ލިޔެކިޔުމެއް ނައްތާލުމުގެ ބާރު އެ ކައުންސިލުގެ އެއްވެސް މެންބަރަކަށް ލިބިގެން ނުވާ ކަމަށެވެ. އަދޮ އެ މައްސަލައާ ގުޅިގެން ސިޓީ ކައުންސިލްގެ މުވައްޒަފުންގެ ބަޔާންތައް ވެސް ނަގާފައިވާ ކަމަށާއި އެ ބަޔާންތައް ފުލުހުންނާ ހިއްސާކުރައްވާނެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

ޖަލްސާގައި ނަހުލާ ވަނީ ސިޓީ ކައުންސިލްގެ ލިޔެކިޔުމެއް ވީދާލިކަމަށް އިއުތިރާފުވެވަޑައިގެންފަ އެވެ. ނަމަވެސް ދިފާއުގައި ނަހުލާ ވިދާޅުވީ އޭނާ ވީދާލީ ކުރީގެ ތާރީހެއް ޖަހައިގެން ވިލިމާލޭގެ ބިމެއް ހަވާލުކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު ސޮއިކުރި ލިޔުމެއް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved