theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އޭޝިއާ ޕެސިފިކް އެކެޑަމީން ދަސްވެނިވިކަމުގެ ލިއުމާ އާޒިމް ހަވާލުވެވަޑައިގަންނަވަނީ - ފޮޓޯ: މާލެ ސިޓީ ކައުންސިލް / މާލެ ސިޓީ ކައުންސިލް
ހަބަރު
އާޒިމް، އޭޝިއާ ޕެސިފިކް މޭޔަރުންގެ ޕްރޮގްރާމް ފުރިހަމަކޮށްފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
28 ސެޕްޓެމްބަރު 2025
މާލެ ސިޓީ

އޭޝިއާ ޕެސިޕިކް މޭޔާސް އެކެޑަމީގެ ޕްރޮގްރާމް، މާލޭގެ މޭޔަރު އާދަމް އާޒިމް ފުރިހަަމަކުރައްވައިފި އެވެ.

އޭނަ ހިމެނޭހެން އޭޝިއާ ޕެސިފިކް ސަރަހައްދުގެ ހަ ގައުމަކުން 12 މޭޔަރަކު އެ ޕްރޮގްރާމްގައި ބައިވެރިވި އެވެ. އެއީ ކެމްބޯޑިއާގެ އަރޭ ކްސަޓް އަދި ކެމްޕޮން ޗަނަންގާއި، އިންޑޮނޭޝިއާގެ ބަންޑާ އަޗޭއާއި، މެލޭޝިއާގެ ހުލޫ ސެލަންގޯރާއި، ނޭޕާލްގެ ބިރެންދްރަނަގަރާއި ދުލިޚޭލާއި އިނާރުވާއާއި މަނަރަޝިސްވާއާއި މުސިކޮޓާއި ސުރްޔޯދަޔާގެ އިތުރުން ފިލިޕީންސްގެ ޑެލް ކާމަންގެ މޭޔަރުންނެވެ.

އެކަޑަމީގެ މޮޑިއުލް އޮން ނެވިގޭޓިން އަ މަލްޓި-ކްރައިސިސްގެ ތެރެއިން ކާރިސާތަކާއި މުސްތަޤްބަލުގައި ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންތައްތަކުގެ މައްޗަށް، މި މޭޔަރުންނަށް މައުލޫމާތު ދީފައިވެ އެވެ.

އޭޝިއާ ޕެސިފިކް މޭޔާސް އެކަޑަމީ އަކީ 2019ވަނަ އަހަރު އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް (އެސްޕެކް)، ޔުނައިޓެޑް ނޭޝަންސް ހިއުމަން ސެޓްލްމަންޓްސް ޕްރޮގްރާމް (ޔޫއެން-ހެބިޓޭޓް) އަދި ޔޫސީއެލްޖީ އެސްޕެކް ގުޅިގެން ޔުނައިޓެޑް ނޭޝަންސް ޔުނިވަސިޓީ، އިންސްޓިޓިއުޓް ފޯ ދަ އެޑްވާންސްޑް ސްޓަޑީ އޮފް ސަސްޓެއިނަބިލިޓީ (ޔޫއެންޔޫ-އައިއޭއެސް) އާއި އެސޯސިއޭޝަން އޮފް ޕެސިފިކް ރިމް ޔުނިވާސިޓީސް (އޭޕީއާރުޔޫ) އަދި އިންސްޓިޓިއުޓް ފޯ ގްލޯބަލް އެންވަޔަރަންމަންޓަލް ސްޓްރެޓެޖީސް (އައިޖީއީއެސް) ގުޅިގެން އުފައްދާފައިވާ އެކަޑަމީއެކެވެ.

މި އެކަޑަމީއަކީ އޭޝިއާ ޕެސިފިކް ސަރަހައްދުގައި އަލަށް އިންތިހާބުވި ނުވަތަ އައްޔަން ކުރެވޭ މޭޔަރުންގެ ހުނަރު ތަރައްގީ ކުރުމަށް ތަމްރީނު ދޭ އެކެޑަމީއެކެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved