March 16, 2026
Advertisement
މުއިއްޒު
މުއިއްޒު / ރައީސް އޮފިސް

މިއީ ރަސްކަމެއް ފަދަ ޚުދުމުހުތާރު ވެރިކަމެއް: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Nov 19, 2025, 09:51 PM
މާލެ ސިޓީ

މިހާރު މިއޮތީ ރަސްކަމަކާ އެއްފަދަ ޚުދުމުހުތާރު ވެރިކަމެއް ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

އާދިއްތަ ދުވަހުގެރޭ ބޭއްވި ޕީއެންއެފްގެ ޓައުން ހޯލު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ބޮޑެތި ސިޓީތަކުގައި ރައްޔިތުން އަސާސީ ހައްގުން މަހްރޫމު ވެފައި ތިބިއިރު އެ ރައްޔިތުންގެ ފަރާތުން އެކަންކަމަށް ވަކާލާތު ކުރަން ތިބި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އެ ރައްޔިތުންގެ ހައްގުގައި ކުއްލި މައްސަލައެއްވެސް ހުށަހަޅަން ނުކެރޭ ކަމަށާ އެކަން ކުރަން ޖެހެނީވެސް އިދިކޮޅު މެމްބަރުންނަށް ކަމަށެވެ.

އައްޑޫ ސިޓީއަށް ހަމައަށް ކަރަންޓު ނުލިބި ފުވައްމުލަކު ސިޓީއަށް ސާފު ފެން ނުލިބިވާއިރުވެސް ސަރުކާރު ތަމްސީލު ކުރާ މަޖިލިސް މެމްބަރުން ތިބެނީ ހަނުކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ސަރުކާރުން ކާމިޔާބު ދެ އަހަރޭ ވިދާޅުވަނީ ކޮން ކަމެއް ކާމިޔާބު ވެގެން ކަމާމެދު ހިތުގައި ބޮޑުތަނުން ސުވާލު އުފެދޭ ކަމަށެވެ.

އެގޮތުން ފުވައްމުލަކަށް ފެން ނުލިބޭ މައްސަލަ އެމްޑީޕީއިން މަޖިލިހަށް ހުށަހެޅުމުން އެ ގަރާރު ބޭރުކޮށްލިކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ ރައްޔިތުން މިފަދަ މެމްބަރުންނަށް ވޯޓުދޭ ދިނުމާ މެދު ވެސް ހައިރާންވެވަޑައިގަންނަވާ ކަމަށެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހެއް މިހާރު އޮންނަން ޖެހޭ ކަމާމެދު ވެސް ސުވާލު އުފެދޭ ކަމަށެވެ. އެގޮތުން ހުރިހާ ބާރެއް ރައީސް މުހައްމަދު މުއިއްޒުގެ އަތްޕުޅަށް ނަންގަވާ ހިންގަމުންދަނީ ޚުދުމުހުތާރުވެރިކަމެއްކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

އިސްލާމުދީނުގެ ވާހަކަ ރައީސް މުއިއްޒު ދައްކަވާތީ ފާޑުވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ އިސްލާމުދީނަށް ޖާގަ ނުދެއްވާ ދީނުގެ ވާހަކަ ނުދެއްކުން ބުއްދިވެރި ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved