March 16, 2026
Advertisement
ޑރ.މުހައްމަދު ޖަމީލް އަހުމަ
ޑރ.މުހައްމަދު ޖަމީލް އަހުމަ / ސަން

ރައްޔިތުންނަށް މަކަރު ހެދުން މަތީތިބެ މަރުވެއްޖެނަމަ އެބަޔަކަށް ސުވަރުގޭގެ ވަސްވެސް ނުދުވާނެ: ޑރ ޖަމީލް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 19, 2025, 10:14 PM
މާލެ ސިޓީ

މަސްއޫލިއްޔަތު އުފުލަން ތިބޭ ކޮންމެ މީހަކު ރައްޔިތުންނަށް މަކަރު ހެދުން މަތީތިބެ މަރުވެއްޖެނަމަ އެބަޔަކަށް ސުވަރުގޭގެ ވަސްވެސް ނުދުވާނެކަމަށް ރަސޫލާﷺ ގެ ސުންނަތުން ސާބިތުވާ ކަމަށް ވިދާޅުވެ ޕީއެންއެފްގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ފާޑުކިޔުން އަމާޒުކޮށްފިއެވެ.

Advertisement

އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގެ ބަހުޘްގައި އެ މެންބަރުން ވިދާޅުވީ ބަޖެޓުން ފެނިގެންދަނީ އީމާންތެރިކަމާއި ހެޔޮ ދުއާއާއި ރައީސް މުއިއްޒުގެ އިޚްލާސްތެރިކަން ކަމަށެވެ.

މިކަމަށް ފާޑުވިދާޅުވެ ޑރ ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީއެންސީ މެންބަރުން ތިއްބެވީ ބޮލާފޮށާ އެޅިފައި ކަމަށާއި މިއިީ މެމްބަރުންގެ ދުސްތޫރީ ޒިއްމާ އަދާ ނުކޮށް، ދާއިރާތަކުގެ ރައްޔިތުން ނިކަމެތިވާ ގޮތަށް މުޅި ބަޖެޓް ރައީސް މުއިއްޒު އަތަށް ދޫކޮށްލި މެމްބަރުން ކަމަށެވެ.

-
-

މީގެ އިތުރުން، މިއަދު ޕީއެންސީ މެމްބަރުން އެގަބޫލް ކުރަނީ ބަޖެޓުގައި އެއްވެސް ދާއިރާއަކަށް އެއްވެސް ކަމެއް ކަނޑަ އެޅިފައި ނެތްކަމަށް ކަމަށާއި އެ މެންބަރުން ގަބޫލުކުރާ ގޮތުގައި ބަޖެޓަކީ މުއިއްޒު ކަމަށެވެ.

އަންނަ އަހަރަށް ލަފާކުރާ 64 ބިލިއަން ރުފިޔާގެ ބަޖެޓަކީ އުއްމީދީ ބަޖެޓެއް ކަމަށް ޕީއެންސީގެ މެންބަރުން ވަކާލާތު ކުރައްވަމުން ގެންދަވާއިރު، އެ ޕާޓީއަށް ނިސްބަތްވާ މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ ވިދާޅުވީ، ބައެއް ކަންތައްތައް ފަހަރެއްގައި ބަޖެޓު ފޮތުން ފެންނަން ނެތަސް، އެކަންކަން ރައީސް ފުއްދަވަމުން ގެންދިޔުމަކީ އުއްމީދީ ބަޖެޓެއްގެ ސިފައެއް ކަމަށެވެ.

ޕީއެންސީ މެންބަރުންގެ މިފަދަ ރައްދުތަކަށް އާންމުންވެސް އަންނަނީ ސޯޝަލް މީޑިއާގައި އެ ބޭފުޅުންނަށް ފާޑުކިޔުންތައް އަމާޒުކޮށް މަލާމާތުގެ ބަސްތައް ރައްދުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved