theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
. / ތޭރަ އޮންލައިން
ސިޔާސީ
ސަރުކާރުން ކާރުއެމްވީއަށް ފައިސާދީގެން ގެންނަން ބުނި ކާރުތައް ނުލިބޭ، ލޯނަށް މަހަކު 7 ހާސް ރުފިޔާ އެބަ ކަނޑާ: ޑްރައިވަރސްް އެސޯސިއޭޝަން
Yana Shareef
ޔާނާ ޝަރީފް
19 ނޮވެމްބަރު 2025

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން އެސްޑީއެފްސީ މެދުވެރިކޮށް "ކާރުއެމްވީ" ނަމަކަށް ކިޔާ ކުންފުންޏަކަށް ފައިސާދީގެން ގެންނަން ބުނި ކާރުތައް ނުލިބޭ ކަމަށާއި، ކާރު ލޮަލަށް ނުފެނި ލޯނަށް ކޮންމެ މަހަކު 7000 ރުފިޔާ ކަނޑަން ފަށާފައިވާ ކަމަށް ޑްރައިވަރސް އެސޯސިއޭޝަނުން ހާމަކޮށްފިއެވެ.

ޑްރައިވަރސް އެސޯސިއޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލޯނު ލިބުނު ޓެކްސީ ޑްރައިވަރެއް ކަމަށްވާ އާދަމް ސަލީމް ބުނީ "ޓެކްސީ ނަފާ" ލޯނު ކަންތައްތައް ދިމާވީމާ ރައީސް އޮފީހަށް 14 ޖުލައިގައި ހުރި ހުރިހާ ކަންބަޮޑުންތައް ހިމެނޭ ގޮތަށް ރައީސް އާއި ބައްދަލުކުރަން އެދި ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ.

އޭނާ ބުނީ މި މައްސަލައިގައި ޙައްލެއް ދެވޭނީ ރައީސް އަށް ކަމަށް ވާތީ އެފަދައިން އެދިފައިވާނެ ކަމަށެވެ. އޭނާ ބުނީ މި ލޯނުގައި ކާރު ލޯނަށް އެދުނު 22 މީހުންނާއި އެ 22 މީހުންނަށް ގެރެންޓީ ދިން 22 މީހުން ހިމެނޭހެން 44 މީހަކު މި ލޯނުގައި ޖެހިފައިވާ ކަމަށެވެ.

ރައީސް އޮފީހަށް އަޅުގަނޑު އިއްޔެ ވެސް ދިޔައިން، އޭގެ ކުރިން ދުވަހު ވެސް ދިޔައިން. އިއްޔެ ރައީސް އޮފީހުގެ އޮފިސަރަކާ ދިމާވީމަ ވިދާޅުވި ރައީސަށް ތި ވާހަކަތައް ދަންނަވާނަމޭ އިރާދަކުރެއްވިއްޔާ ތި ބޭފުޅުންނަށް ޙައްލެއް ދެއްވާނެ. ދެންނެވި ކަމެއް ނުދަންނަވާ ކަމެއް ނޭނގޭ. ހަމައެއާއެއްކޮށް ރައީސް އޮފީހުގެ މިނިސްޓަރު ޙަލީލު އާއި ދިމާވީމަ ޙަލީލު ކައިރީގައި ވެސް ވިދާޅުވީ އަޅުގަނޑުމެންނަށް ގޮތެއް ހޯދައިދޭށޭ.

- އާދަމް ސަލީމް

ސަލީމް ބުނީ ޓެކްސީ އަތަށް ވެސް ނުލިބޭ ކަމަށާއި، ހެނދުނު ހޭލި އިރު ލޯނަށް ފައިސާ ކަނޑާފައިވާ ކަމަށެވެ. ސަލީމް ބުނީ ރައީސް އޮފީހަށް ގޮސް އެތަނުގެ ބައެއް ފަރާތްތަކާއި ދިމާވެގެން އެ ޝަކުވާތައް ވެސް ހުށަހެޅި ކަމަށެވެ. ނަމަވެސް މި މައްސަލައިގައި ހައްލެއް އަދިވެސް ނުލިބޭ ކަމަށެވެ.

ސަލީމް ބުނީ ކުރީ ސަރުކާރުން ލޯނަށް ގެޒެޓް ކުރެވުުނު ނަމަވެސް، މިހާރުގެ ސަރުކާރު ވުޖޫދުވެފަ ޖަނަވަރީ ފެބުރުއަރީ މަސް ތެރޭގައި އެގްރީމެންޓުތަކުގައި ސޮއިކުރަން ފެށީ މަޖިލިސް އިންތިޚާބު ބޯމަތިވެފައި އޮއްވާ ކަމަށެވެ. އަދި ޓެކްސީގެ ފައިސާ ޑްރައިވަރުންނަށް ނުދީ އެސްޑީއެފްސީ އިން 'ކާރުއެމްވީ' ކިޔާ ކުންފުންޏަކަށް ފައިސާ ޖަމާކުރި ކަމަށެވެ. އަދި ކާރުއެމްވީކިޔާ ކުންފުންޏަށް 22 މީހުންގެ 60 ޕަސެންޓް ލާރި ޖަމާކޮށްފައި އޮތް ނަމަވެސް، މިހާތަނަށް އެ ކުންފުނިން ބުނަމުންދަނީ 14 ކާރު އޮތް އިރު 3 ކާރު އޮތީ ބީ ޒޯނަށް ރަޖިސްޓްރީކުރެވިފައި ކަމަށެވެ. އަދި ދެން ހުރި އެއްޗެއްސަށް ވާނުވާ ނޭނގޭ ކަމަށާއި، ޑޮކިއުމެންޓެއް ހަމައެއް ނުވާ ކަމަށް ސަލީމް ބުނެފައިވެއެވެ.

ކަންބޮޑުވުން ފާޅުކޮށް ފޮނުވި ސިޓީއަށް ޖަވާބު ނުދެެއްވާ ރައީސް އުޅުއްވަނީ ފުޓުބޯޅަ ކުޅުމާއި އޭޓީއެމްތައް ހުޅުވުމުގައިކަމަށް އެ އެސޯސިއޭޝަން އިން ވަނީ ބުނެފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved