February 25, 2026
Advertisement
.
. / މިހާރު

ގޭންގެއް ނެތްކަމަށް ބުނުމަކީ ދައުލަތުގެ އަމަންޢާންމު ނެގެހެއްޓުމުގެ މަސްއޫލިއްތުން ރެކިވަޑައިގަތުން: ކުރީގެ އުއްތަމަ ފަނޑިޔާރު

Yana Shareef
ޔާނާ ޝަރީފް
Nov 20, 2025, 04:58 AM

ރާއްޖޭގައި ހަރަކާތްތެރިވާ އެއްވެސް ގޭންގެއް ނެތްކަމަށް ރައީސް ޑރ.މުހައްމަދު މުއިއްްޒު ވިދާޅުވުމުން ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުالله ދީދީ ފާޑުވިދާޅުވެއްޖެއެވެ.

Advertisement

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވަނީ ރައީސް މުއިއްޒު ވިދާޅުވީ ކޮންވައްތަރެއްގެ ގޭންގެއް ނެތްވާހަކަތޯއޭ އައްސަވާފައެވެ.

އެމަނިކުފާނު ވިދާޅުވީ ބޮޑަށް ޤަބޫލުކުރެވެނީ މާފިޔާ ސްޓައިލުގެ ހަތިޔާރު އެޅި ގޭންގް ނެތްވާހަކަ ކަމަށެވެ. ނަމަވެސް، މަގުމަތީގައި ޙަރަކާތްވާ “ސްޓްރީޓް ގޭންގް” ގެ ޤާނޫނީ މަފްހޫމަށް ފެތޭ ގޭންގުތަކެއް ރާއްޖޭގަައި ނެތްކަމަށް އިންކާރު ކުރެއްވުމަކީ ދައުލަތުގެ އަމަންޢާންމު ނެގެހެއްޓުމުގެ މަސްއޫލިއްތުން ރެކިވަޑައިގަތުން ކަމުގައި މެނުވީ ނުވާނެކަމަށް އެމަނިކުފާނު ވިދާޅިވިއެވެ.

އެމަނިކުފާނު ވަނީ ދާދި ފަހުން ހިނގައިދިޔަކަމަށް ޚަބަރު ފެތުރިފައިވާ ޖަމާޢީ ރޭޕް ކޭސް އަކީ ގޭންގް ކްރައިމް ނޫން އެހެން ކޯޗެއްކަމަށް ސުވާލު އުފައްދަވާފައެވެ.

އެމަނިކުފާނު އެ ފާހަގަކުރައްވަނީ ދާދިފަހުން ޕީއެންސީން ބޭއްވި ބޮޑު ޖަލްސާގައި ޕީއެންސީގެ ބޮޑުންތަކެއް މަސްތުވާއެއްޗެއް އޮޅުވާލައިގެން ދިނުމަށްފަހު އެ ކުއްޖާ އެޕާޓްމަންޓަކަށް ގެންގޮސް ޖިންސީ ގޯނާކުރިކަމުގެ އަޑުތައް ފެތުރިފައިވާ ވާހަކަތަކަށެވެ.

ރައީސް މުއއިްޒު ރާއްޖޭގައި ގޭންގެއް ނެތްކަމަށް ބުނެ ވާހަކަ ދެއްކެވުމުން ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved