April 11, 2026
Advertisement
ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ "މޯރަލް ލެޖިޓިމެސީ" ވަނީ ގެއްލިފައި: ކުރީގެ އުއްތަމަ ފަނޑިޔާރު
ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ "މޯރަލް ލެޖިޓިމެސީ" ވަނީ ގެއްލިފައި: ކުރީގެ އުއްތަމަ ފަނޑިޔާރު / ސޯޝަލް މީޑިއާ

ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ "މޯރަލް ލެޖިޓިމެސީ" ވަނީ ގެއްލިފައި: ކުރީގެ އުއްތަމަ ފަނޑިޔާރު

Apr 11, 2026, 03:29 PM
މާލެ ސިޓީ

ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ "މޯރަލް ލެޖިޓިމެސީ" ވަނީ ގެއްލިފައި ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

Advertisement

ޑރ އަހުމަދު މިފަދައިން ވިދާޅުވެފައިވަނީ، ވޯޓެއް ނުނަގައި ވެސް ދެ އިންތިހާބު އެއްކޮށްލުމުގެ ބާރު ރައީސް މުހައްމަދު މުއިއްޒަށް އޮތް ކަމަށް ބާރަށު ދާއިރާ މެމްބަރު އިބްރާހިމު ސުޖާއު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވާ ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

ޑރ އަހުމަދު ވިދާޅުވެފައިވާ ގޮތުގައި، ވޯޓެއް ނަގައިގެންވެސް އަދި ނުނަގައިވެސް ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ ނަމުގައި ޤާނޫނުއަސާސީގެ “ބޭސިކް ސްޓްރަކްޗަރ” އާ ޚިލާފަށް ރައީސުލްޖުމްހޫރިއްޔާ ބޭނުންވާއިރަށް، ޤާނޫނުއަސާސީ ބަދަލުކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަކަށް ލިބިގެންނުވެއެވެ.

ޣައިރުދުސްތޫރީ ވޯޓަކުން ދެ އިންތިޚާބު އެއްކުރަން ސަރުކާރުން އުޅުނީ އެކަމަށް ރައްޔިތުން ލެޖިޓިމޭސީ ދިނީޔޭ ކިޔައިގެން ކަމަށް ތުހުމަތު ކުރައްވާ ޑރ އަހުމަދު ވިދާޅުވެފައިވަނީ، ދުސްތޫރީ ލެޖިޓިމެސީ ގެއްލިފައިވާ އެތައް އިޞްލާޙެއް ކުރިއަށް އޮތް ތަނުގައި ޤާނޫނުއަސާސީއަށް ގެނައުމުގެ ނުބައި ނިޔަތް އޭގެ ފަހަތުގައި ފޮރުވިފައި އޮތް ކަމަށެވެ.

ނަމަވެސް އެންމެ ފަހުން ނެގުނު ޢާންމު ވޯޓުގެ ނަތީޖާއިން އެނގި ކަށަވަރުވަނީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ “މޯރަލް ލެޖިޓިމެސީ” ގެއްލިފައިވާކަން ފާހަގަކުރައްވާ ޑރ އަހުމަދު ވަނީ އެހެންކަމުން، ޤާނޫނުއަސާސީގެ 4 ވަނަ މާއްދާގެ ދަށުން އަޅަންޖެހޭ “ލެޖިޓިމޭޓް” ފިޔަވަޅުތައް އެޅުމަކީ ކޮންމެހެން މުހިއްމުކަމެއްކަން ސަމާލުކަމަށް ގެނެސްދެއްވާފައެވެ.

ޑރ އަހުމަދު މިފަދައިން ވިދާޅުވެފައިވާއިރު، ދެ އިންތިހާބު އެއްކޮށްލުމަށް ސަރުކާރުން އެހި ސުވާލަށް ވޯޓުލީ މީހުންގެ ބޮޑު އަޣްލަބިއްތެއް ވަނީ ނޫނެކޭ ބުނެފައެވެ. އެއާ އެކު ރައީސުލްޖުމްހޫރިއްޔާއަށް އެކަން ކުރުމަށް ޝަރުއީ ގޮތުން ލިބޭ އެއްވެސް ބާރެއް ނެތް ނަމަވެސް ބާރަށު ދާއިރާގެ މެމްބަރު ޝުޖާއުމެން ފަދަ ބޭފުޅުން ގެންދަވަނީ ރައީސް މުއިއްޒު އަނެއްކާވެސް ޅޮސް އުނދޯއްޔަށް އަރުވާ ރައްޔިތުންނަށް ވެސް އޮޅުވާލަން މަސައްކަތްކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved