theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ފަހި ޔޫނިއަންގެ ފަރާތުން ގާނޫނީ ވަކީލު އަލީ ހުސައިން: / ސަން
ސިޔާސީ
އަތޮޅު ކައުންސިލްތައް އުވާލަން ނިންމުން ގާނޫނު އަސާސީއާވެސް ހިލާފުވުމުގެ އިތުރުން ރާއްޖެ އުފެދިފައިވާ ގޮތާވެސް އިދިކީލަ: ވަކީލު އަލީ ހުސައިން
Yana Shareef
ޔާނާ ޝަރީފް
20 ނޮވެމްބަރު 2025

އަތޮޅު ކައުންސިލުތައް އުވައިލުން ގާނޫނުއަސާސީއާ ހިލާފުވުމުގެ އިތުރުން ރާއްޖެ އުފެދިފައިވާ ގޮތާ ވެސް އެކަން މުޅިން އިދިކީލި ކަމަށް ވަކީލު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަލީ ވިދާޅުވީ ގުދުރަތީ ގޮތުން ރާއްޖެ އުފެދިފައި ވަނީ އަތޮޅުތަކަކަށް ކަމަށެވެ. އެއީ ދިވެހިވަންތަ ސިފައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ، އަތޮޅު ކައުންސިލު އުވާލުން ރާއްޖެ އުފެދިފައިވާ ގޮތާ ދިމާ އިދިކީލި ކަމަށެވެ.

https://x.com/AleeVoice/status/1991424227703222663?s=20

އަތޮޅު ކައުންސިލުތައް އުވާލުމަށްޓަކައި ގާނޫނުއަސާސީ އިސްލާހު ކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށައިފަ އެވެ. އަދި އަތޮޅު ކައުންސިލު ނުހިމެނޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ވެސް މިހާރު ވަނީ ހުށަހަޅައިފަ އެވެ.

އަތޮޅު ކައުންސިލުތައް އުވައިލުމުގެ އިތުރުން، ރަށު ކައުންސިލުތަކުގެ ސައިޒު ކުޑަ ކުރުމަކީ ވެސް ސަރުކާރުގެ ސިޔާސަތެކެވެ. އެކަމަށް ގެންނަންޖެހޭ ބަދަލުތައް ވެސް ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ. ސަރުކާރުން ބޭނުން ވަނީ 2000 މީހުން ހަމަނުވާ ރަށްރަށުގައި ކައުންސިލުގައި އެންމެ ތިން މެންބަރުން ބޭތިއްބުމަށެވެ.

އޭގެ އިތުރުން ވެސް، ލާމަރުކަޒީ ނިޒާމުން ރަށްރަށާއި އަތޮޅުތަކަށް ލިބިދީފައިވާ މިނިވަންކަމާއި ބާރުތައް އަތުލުމުގެ އެތައް މަސައްކަތެއް ސަރުކާރުން ދަނީ ކުރަމުންނެވެ. އޭގެ ތެރޭގައި، ވިޔަފާރި ކުރަން ލިބޭ މިނިވަންކަން ހަނި ކުރުމާއި ޕްރޮޖެކްޓު ހިންގާއި މުވައްޒަފުން ނަގަން ލިބޭ އަމިއްލަ ބާރު ވެސް ވަނީ ހަނިކޮށްފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved