theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ސަސްޕެންޑުކުރި އެޑިއުކޭޝަންގެ ނައިބު ޝުޖާއު / ހުރިހާ.އެމްވީ
ހަބަރު
އާއިލާ ބަޔަކު ރައީސް ޔާމީންއާ ބައްދަލުކުރުމުން، ސިޔާސީ މުވައްޒަފުންތަކެއް ސަސްޕެންޑްކޮށްފި
Mariyam Isaadha
މަރިޔަމް އިސާދާ
21 ނޮވެމްބަރު 2025
މާލެ ސިޓީ

އާއިލާ ބަޔަކު ރައީސް އަބްދުﷲ ޔާމީންއާ ބައްދަލުކުރުމުން، ސިޔާސީ މުވައްޒަފުންތަކެއް ސަސްޕެންޑްކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ރައީސް ޔާމީން، ތިލައުތުރު އެވޯޑްސް ޝަރަފުވެރިކޮށްދެއްވަން ހއ. ދިއްދޫއަށް ކުރެއްވި ދަތުރުފުޅުގައި މި ސަރުކާރުގެ ސިޔާސީ މަގާމުތަކެއް ތިބި ބަޔަކާ އާއިލީ ގޮތުން ގުޅުން އޮތް ކައުންސިލަރުންތަކެއް ވަނީ ހަވާސާއިން ބޭރުން އެމަނިކުފާނާ ބައްދަލުކުރައްވާފައެވެ.

އެގޮތުން ހއ. އިހަވަންދޫ ކައުންސިލަގެ ރައީސް އާ ނައިބު ރައިސް ރައީސް ޔާމީނާ ބައްދަލުކުރެއްވި ކަމަށް ބުނެ އެ މީހުންނާ އާއިލީ ގޮތުން ގުޅުން އޮތް ދެ މީހަކު ވަނީ ސިޔާސީ މަގާމުތަކުން ސަސްޕެންޑްކޮށްފައެވެ.

ސސްޕެންޑްކޮށްފައިވަނީ، ހއ. އިހަވަންދޫ ކައުންސިލްގެ ރައީސް، އަހްމަދު ސޮބާހުގެ ކޮއްކޮ އަދި ހަމަ އެކައުންސިލްގެ ނައިބު ރައީސްގެ ޅިޔަނު، އެޑިއުކޭޝަން މިނިސްޓްރީގެ ނައިބު މުހައްމަދު ޝުޖާއުއެވެ. އަދި ހަމަ އެހެންމެ ސިއްހީ މަރުކަޒުގެ ޕޮލިޓިކަލް ޑިރެކްޓަރަކަށް ހުންނެވި އަރީބުގެ ދައްތަ ޝަހުމާ މޫސާ ވެސް ވަނީ ސަސްޕެންޑުކޮށްފައި ކަމަށްވެއެވެ.

ޝުޖާއު ސަސްޕެންޑުކުރިކަން ކަށަވަރުވެފައިވާއިރު، ރައީސް އޮފީހުގެ ވެބްސައިޓުން ވެސް މިހާރު ވަނީ ޝުޖާއުގެ ނަމާއި ފޮޓޯ އުނިކޮށްފައެވެ.

ރައީސް މުއިއްޒު ސަރުކާރަށް ދެ އަހަރު ފުރުނު މުނާސަބާގައި ވިދާޅުވި ގޮތުގައި އިސްލާމީ އުސޫލުތަކާ ޚިލާފު ނުވެ ޑިމޮކްރެޓިކު ހަމަތަކާ އެކު ޚިޔާލު ފާޅުކުރެވޭނެއެވެ.

ސިޔާސީ މުވައްޒަފުންތަކެއްގެ އާއިލީ ބަޔަކު ރައީސް ޔާމީނާ ބައްދަލުކުރުމުން އެމީހުން ވަޒީފާތަކުން ސަސްޕެންޑުކުރި އިރު މިފްކޯގެ އެމްޑީއަކަށް ހުއްޓާ ސަސްޕެންޑްކޮށް ފަހުން ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓަކަށް ބަދަލުކުރި އަހުމަދު ސަމާހު ރައީސް ޔާމީންގެ ފްރޮންޓު އޮފީހަށް ގޮސް އެތަނުގައި ރައީސް ޔާމީނާ ސަލާންކޮށް ހެދުމުން ރައީސް މުއިއްޒު ވަނީ ފިޔަވަޅު އެޅުމުގެ ބަދަލުގައި އޭނާއަށް ސްޓެލްކޯ އެމްޑީކަން ދީ ޕްރޮމޯޓުކޮށްފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved