މި އަހަރުގެ ދިރާސީ އަހަރު އާދިއްތަ ދުވަހު ފެށުނުއިރު އަރަބިއްޔާގައި ވެސް ކިޔެވުން ފަށާފައިވެއެވެ. ނަމަވެސް އަރަބިއްޔާ ފެމިލީގެ ނަމުގައި ހިންގާ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައިވަނީ އެ ސްކޫލުގައި ދެ ޖިންސު މަސްހުނިކޮށް ކިޔަވައިދޭތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ގްލޯބަލް ޕާޓްނަރޝިޕް ފޮރ އެޑިޔުކޭޝަން (ޖ.ީޕ.ީއީ)ގެ 9.5 މިލިއަން އެމެރިކާ ޑޮލަރުގެ މާލީއެހީއާއެކު، ތައުލީމީ ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނެއުމަށް އެކުލަވާލާފައިވާ ހާއްސަ ޕްރޮޖެކްޓް "ތައިބަ"، އާއި ގުޅިގެން އެކަމުގެ ކްރެޑިޓް މި ސަރުކާރުން ނަގަން މަސައްކަތް ކުރިކަން ވަނީ ހާމަވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭފުޅަކު އައްޔަންކުރައްވާފައިވަނީ އެޑިއުކޭޝަން މިނިސްޓަރީގެ ސީނިއާރ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމަށެވެ.
ޕްރައިވެޓް ސްކޫލްތަކުގައި 11-12އިގައި ކިޔަވާ ކުދިންނަށް ސަރުކާރުން ފީ ދެއްކުން ހުއްޓާލަން ނިންމިކަން ހާމަވީ އެޑިއުކޭޝަން މިނިސްޓްރީން އާއްމު ކުރި ސްކޫލްތަކަށް ކުދިންވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރުމާއި ގުޅޭ އާ އުސޫލުގައެވެ
ސަރުކާރުން މިފަދަ ގޮތަކަށް އަންގާފައިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އިންޓާނަލް މެމޯއެއްގައެވެ.
އެއްވެސް ޕެޓިޝަނަކަށް މިނިސްޓްރީއިން އެއްވެސް ޖަވާބެއް ދީފައިނުވާ ކަމަށާ ޓީޗަރުންނާ ބެލެނިވެރިންނާ އަދި ދަރިވަރުންވެސް މިހާރު ތިބެން ޖެހިފައިވަނީ ޝަހުލާ އިމާދުގެ ނުފޫޒުން ކަސްތޮޅު އެޅިފައިކަމަށް ބައެއް ބެލެނިވެރިން ވަނީ މި ނޫހަށް މައުލޫމާތު ދީފައެވެ.
2027 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ ސްކޫލްތަކުގެ ޔުނީފޯމަށް ބަދަލު ގެނައުމަށް ނިންމާފައިވާއިރު އެ ބަދަލުތައް ގެންނަން ނިންމާފައިވަނީ ސްކޫލްތަކުގެ އިސްވެރިންނާއި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށްފަހުގައި ކަމަށް ތަޢުލީމީ ވުޒާރާއިން ބުނެފައިވީނަމަވެސް "ތޭރައޮންލައިން"އަށް އިތުބާރު ހުރި މަސްދަރަކުން ބުނީ ތައުލީމީ ވުޒާެރާއިން ކަނޑައެޅިގެން ދޮގުހަދާފައިވާކަމަށެވެ.
ހަޔާ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އޭސީޕީ ރިޓަޔާރޑް ޑރ އަބްދުﷲ ފައިރޫޝް އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމާއި ދެކޮޅު ކަމަށް ޓްވިޓަރގައި ހާމަކޮށްފިއެވެ.
ހޯރަފުށީ ރައްޔިތުންގެ މިއަދުގެ ސުވާލަކީ 11،12 އަށް ކިޔަވަން ފަށާނެ ކަމަށް ބުނެ ވެރިކަން ހޯދި މީހުން މިއަދު ކޮބާ ހެއްޔެވެ؟