
މިދިޔަ މަހުގެ 27 ވަނަ ދުވަހު ފަތިހު, ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފޭރުނު ޑޮލަރުތަށް އަދިވެސް ހޯދިފައިނުވާކަން ހާމަވެއްޖެއެވެ.
މި ހާދިސާއާއި ގުޅިގެން މީޑިއާތަކުން ފުލުހުންގެ ހިދުމަތާ ސުވާލުކުރުމުން އެ ހާދިސާގެ އިތުރު މައުލޫމާތެއް މިވަގުތު ދެވެން ނެތްކަމަށް ފުލުހުން ބުނެފައިވެއެވެ.
އެ މައްސަލައިގައި މި މަހު ދިހަވަނަ ދުވަހު ފުލުހުން ބުނީ، ޖުމުލަ ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ:
އެ ހަތް މީހުން ވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. އަދި، ހަތަރު މީހަކު ފުރުން މަނާކޮށްފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް، އެ މީހުންގެ ވަނަވަރު ހާމަކޮށްފައެއް ނުވެއެވެ.
ޓެކްސީއެއްގައި ބަޔަކު އެއާޕޯޓަށް ގޮސް ޑޮލަރު ހުރި ސޫޓުކޭސްތައް ފޭރިގަނެގެން ފިލާފައިވަނީ ލޯންޗެއްގައެވެ. އެ ލޯންޗު އަތުލައިގަތްކަން ހޯމްލޭންޑް މިނިސްޓަރު ޢަލީ އިހުސާން ވިދާޅުވި ނަމަވެސް ގެއްލުނު ފައިސާއަށްވީ ގޮތް އަދިވެސް ފުލުހުން ހާމަކޮށްފައި ނުވެއެވެ.
ގެއެްލުނީ ކިހާ ފައިސާއެއްކަން ވެސް ހާމަވެފައިނުވެއެެވެ.










