March 16, 2026
Advertisement
.
. / ތޭރަ އޮންލައިން

މި ސަރުކާރަށް 100 އަކުން ރައީސް ޔާމީން ދެއްވީ އެންމެ 20 މާކްސް!

Yana Shareef
ޔާނާ ޝަރީފް
Nov 22, 2025, 04:19 AM

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަށް ސަތޭކައަކުން ވިހި, ރައީސް އަބްދުالله ޔާމީން ދެއްވައިފިއެވެ.

Advertisement

ރައިޒްއަޕް ޔޫތް އިވެންޓުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރަށް ރައްޔިތުން ދައްކާ ވާހަކައިގެ އަޑު ނީވޭ ކަމަށާއި އިގުތިސޯދު ހީނަރުވެގެންދާއިރު އިންވެސްޓު ކުރަން ރާއްްޖެ އަންނަ ބަޔަކު ވެސް ނެތް ކަމަށެވެ.

2026 ވަނަ އަހަރުގެ ބަޖެޓަކީ އުފާވެރި ބަޖެޓެއްކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް އަންނަ އަހަރުގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނުވެސް ދަރަނި ނެގިކަމަށް މި ސަރުކާރުން ބުނާއިރު, އެމަނިކުފާނު ކޮށްދެއްވި ކަންކަން ފެންނަން ހުރިކަމަށް ފާހަގަކުރައްވާ ވިދާޅުވީ ދަރަނި ނަގައިގެން ކުރާ ކަންކަން ފެންނަން ޖެހޭ ކަމަށެވެ.

ނަތީޖާ ޝީޓަށް 100 އިން އަޅުގަނޑަށް ދެވެން މި އަންނަނީ 20 މާކްސް. ބިގް ޓައިމް ފެއިލިއާއެއް، ބިގް ޓައިމް ފެއިލިއާއެއް އިނގޭތޯ. އަޅުގަނޑު ބޭނުން މިކުރީ ސައިންޓިފިކް މެތޮޑޮލޮޖީ، އޭގައި ސުވާލެއް ނުއުފުދޭނެ

ރައީސް ޔާމީން

ދުނިޔޭގެ ގައުމުތަކުގައި ސަރުކާރުތަކާއި ވެރިންގެ ޕާފޯމަންސް ރޭޓު ކުރާ އިންޑެކްސް ބޭނުންކޮށްގެން ރައީސް ޔާމީން ވަނީ މި ސަަރުކާރުގެ ފުރަތަމަ ދެ އަހަރުގެ މަސައްކަތްތައް ރޭޓުކޮށްފަ އެވެ.

އެގޮތުން އިންޓެގްރިޓީއަށް 60 އިން 10 މާކްސް, ރެސްޕޮންސިވްނެސްއަށް - 10 އިން ފަސް މާކްސް, އެކައުންޓަބިލިޓީއަށް 10 އިން ސުމެއް ދެއްވިއިރު, ޓްރާންސްޕޭރެންސީއަށް 10 އިން ރައީސް ޔާމީން ދެއްވީ ދެ މާކްސްއެވެ. އަދި އެފިޝެންސީއަށް 10 އިން ތިން މާކްސް ދެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved