theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޖޯކަރަކު ގަނޑުވަރަކަށް ވަނުމުން ރަސްކަލަކަށް ބަދަލުނުވެއެވެ! / ތޭރަގްރެފިކްސް
ރިޕޯޓު
ޖޯކަރަކު ގަނޑުވަރަކަށް ވަނުމުން ރަސްކަލަކަށް ބަދަލުނުވެއެވެ!
24 ނޮވެމްބަރު 2025
މާލެ ސިޓީ

ވެރިކަމަކީ ނިކަން އާރާ ބާރު ހުންނަ ޒިންމާދާރު ކަމަށް ވީހިނދު އެކަންކަމާ ކުރިމަތިލާން ވާނީ ވެސް އެހިލްމާ އިލުމު ކޮންމެވެސް ވަރަކަށް ނަމަހީވެސް ލިބިގެން ހުރެމެއެވެ. ހަމަ ހުރެލާފާ އެއްރޭ ނިދާފައި ހޭލާއިރު ފެންނަނ ހުވަފެންނަކުން ނިންމާ ނިންމުމަކަށް ބޮޑު ޖަމާއަތެއްގެ ވެރިއަކަށްވުން ވެގެން ނުވާނެއެވެ.

މެކުނު ފުމޭތަން ބަލަން އޮންނަ ގާހަކައަކަށްވެސް އާނ މި ހާދަ ފަސޭހަ ކަމެކޭ ހިތަށް އަރައިގެން ފުމެން އުޅުނަސް ނުފުމެވޭ ނޫންތޯއެވެ. އިންސާނުން ނަކީ ވެސް ހަމަ އެފަދަ ބައެކެވެ. ފަސް އިނގިއްޔަކީ ދިރިއުޅުމުގެ މިސާލުކަމަށް ބަލަން ޖެހެނީ އެހެންވެއެވެ. ފަސް އިނގިލި ފަސް ވަރު އިރު ކޮންމެ އިންސާނަކީ ވެސް ތަފާތު މީހެއް ކަމާ ގާބިލިޔއްަތުކަން ހުންނާނީ ވެސް ތަފާޓު މިންވަރަށް ކަން ގަބޫލުކުރަން ޖެހޭނެއެވެ.

20213 އިން 2018 އަށް ރާއްޖެ ދުށީ ތަރައްގީއާ ތަަމައްދުނުގެ ހަބޭސް އަހަރުތަކެކެވެ. މުޅި ގައުމުގައި އޭރު އޮތީ އާރޯކަމާ ތާޒާކަމެވެ. ފެންނަމުން ދިޔައި ރައްޔިތުންގެ މޫނުމަތިން އުފާވެރިކަމާ ހިިތުންވުމުގެ ރީތި މަންޒަރުތަކެވެ.

އެއީ އޭރު ހުރި ވެރިމީހާގެ ކުޅަދާނަކަމާ ހިކުމަތު އަމަލީއިން މުޅި ގައުމު ނަގާ ކޮޅައް ޖަހާ ތަރައްގީގެ ދުވެލީގައި "ޔާނު ސްޕީޑު" މުޅި ގައުމަށް ފެތުރި ގައުމު އެއްކޮށް ޒީރޯއިން އަރައިގަނެ އެންމެ މަތި ފަޑީގައި ހަމަޖެހިލުމުންނެވެ. އެ ވެރިޔާވެސް ވެރިކަމަށް އައިއިރު ގައުމު އޮތީ ވަކި ފަސޭހަ މަރުހަލާއަކު ނޫނެވެ. ދަރަނި އޮތީ ބޯމަތިން އަރާ ނުކަތާ ހިސާބުގައެވެ. ނަމަވެސް އެ ހުރިހާކަމެއް އިސާހިތަކު އަރަންޏަށް ބަދަލުކޮށް މުލީ ގައުމުގައި ފަތުރާލީ ފެހިކަމުގެ ސާލެކެވެ. މިއީ ދޮގު ނުކުރެވޭނެ ހަގީގަތެވެ. އެހެނީ ހިސާބު އަކުރުތައް ދޮދު ނުހަދާނެތީއެވެ.

ނަމަވެސް އެއީ ކުޑަ ވަގުތުކޮޅެއްގެ މެހެމާނަކަށްވެގެން ދިޔައީ ދުޝްމަނުން އަވައްޓެރިންގެ އެހީގައި ހުޅުވާލި ކޫޑަ ދޮރަކުން ވަގަށް ނެގި އިންތިބާހާ އެކުއެވެ. މުޅި ގައުމުގެ ރައްޔިތުން ކަރުނަ އަޅާ ރުއެވެ.

2018 އިން 2023އަށް ގައުމު ދުށީ އަހަރުމެން ދުވަހަކުވެސް ދެކެން ޖެހިދާނެ ކަމަށް ގަބޫލުކުރި ދަތި ދުވަސްތަކެއް ނޫނެވެ. ކޮޥިޑުގެ ދަތި ހާލާ އެކު ގައުމު މުޅިން ހަފުސްވެގެން ދިޔައީ މެނޭޖޭ މިކިޔާ އެތިކުރަން ނޭނގުނު ވެރިންތަކެއް ގައުމުގައި އެވަގުތު ތިބުމުންނެވެ. ގައުމުގައި ހުރި މާސްޓާ މައިންޑު ނަގާ ޖަލަށް ނުހައްގުން ކޮއްޕާ ވައްދާ އޭގެ ފަހުން މުޅި ގައުމު ހިތުހުރި ގޮތަކަށް ތަޅާ ދުންކާލި އަރުވަމުން ދާން ފެށުމުން ރައްޔިތުން ނިންމީ އޭރު ހުރި ސައުދާގަރު ގޮނޑިން ތެދުކޮށް އައު މީހަކު އެ ގޮނޑިއަށް އައްޔަންކުރަންށެވެ.

ހުސްގޮނޑިއެއް ދައްކައިގެން ވެރިކަމަށް އެހިސާބު އައީ ކުރިން މި ވާހަކައިގައި ބުނެވުނު މާސްޓާ މައިންޑު ކައިރީގައި ސިމެންތިޖަހާ އުވަގަށަން އުޅުނު ސޮރެކެވެ. އެ ސޮރަށް ވެރިކަމަށް އާދެވުނީ ހުސް ގޮނޑީގެ ވެރިޔާއަށް އެ ރައްޔިތުން ކުރަމުްނދިޔަ އިތުބާރާ ވަމުްނ ދިޔަ ލޯބީގެ ސަބަބުންކަން އެއީ އެންމެން ދަންނަ ކަމެކެވެ.

ނަމަވެސް ކަން ވެގެން ދިޔައީ މުޅިން ޚިލާފަށެވެ. މާސްޓަ މައިންޑް މިނިވަންކޮށް އެއްކޮށް ވެރިކަމުގެ ދުވަސްތއް ގުނާނެ ކަމަށް ބުނި ސޮރު ވެރިކަމުގެ ފޮނި މީރުންކަން ފެންނަން ފެށުމުން ލޯ އަނދިރި މީހާވެސް ލޮލަށް ފެނުމުން އަތުގައި އޮންނައަސާ ނަގާ ހުރާލާ ފަދައިން މާސްޓަ މައިންޑާ މެދު އިހުމާލުވިއެވެ.

އިންތިހާބުގައި ރައްޔިތުންނަށްވީ ވައުދުތައް މަތިން ހަނދާނެތުނެވެ. ނުވަތަ ކަދުރު ރުކަށް އެރި މީހާގެ ނަދުރަށްވިއެވެ. އަންޑަރ ވޯޓަރ ޓަނަލްއާ ރާޅު މަތިން ދުއްވާ ކާރާ މިހެން ގޮސް ނުދުއްދޭނެހާ ގިނަ ވައުދު އަރިހުގައި ތިބި ދެބޯ ބުރާންތިތަކެއްގެ ބަސް އަހަެިގެން މައިކެއް އަތު ޖެހ އިރށް ގޮވާ ނަގަން ފެށިއެވެ. ވަކި ހިސާބަކުން އެކަން ނުވާނެކަން އެނގުމުން އެކަންކަން ތަސައްވުރަށް ނުވަތަ ޝައުގުވެރިކަމަށް ބަދަލުވެގެން ދެއެވެ.

ރައްޔިތުންނާ މުވައްޒަފުންގެ މެދުގައި ހަމަހަމަކަން ގެއްލި މުޅި މުޖުތަމައުގައި ފަސާދަނޫން ކަމެއް ނެވެ. ވާޏުވާ ބަންދު އޮތީ ވާނުވާގައެވެ. ޑޮލަރު ހުރީ ދިގު ރުކެއް ކޮޅަށްވުރެވެސް އަތް ނުފޯރާ ފަށުގައެވެ. ތަކެތީގެ އަގު ދަނީ ދުވަހަކަށް ވުރެ ދުވަހެއް މައްޗަށެވެ. ގައުމުގައި ވައްކަމެވެ. ވެރިންގެ ވެލުމުގެ ދަށުގައި ހުންނަ ތަކެތިވެސް ވާނުވާ ނޭނގި ގެއްލެނީއެވެ. އަޖައިބެއް ފަދަ ކަމެކެވެ.

ކަންކަން މި މަގުން ކުރިއަށް ހިނގަމުންދާއިރު ދެ އަހަރު ފުރިގެން ދިޔަ ދިވެހީންގެ ރާއްޖޭގައި މިހުރިހާކަންކަން ބޮއްސުން ލައިގެން މިއުޅެނީ ކީއްވެކަމާމ މެދު ވިސްނާ ފިކުރު ހިންގާލީމެވެ. އަތިރިމަތީ ޖޯއްޔެއްގައި ނިތްކުރި މައްޗަށް އަތް އެއްލައިގެން އޮވެ ކުރި ފިކުރުތަކުން އެނގުނީ ކަންކަން ކުރެވޭނީ ކަންކަމަށް ގާބިލު އަދި ކުފޫ ހަމަވާ މީހަކު ހުރެގެން ކަމެވެ.

ފަޅު ރަށަކަށް ކިތަންމެ ރީތި ހަނދުވަރެއް ދިނަސް އެކަން އެނގޭނެ މީހަކު ނުހުންނާނެ ފަދައިން ގައުމުގައި ގަނޑުވަރު ބަލަހައްޓަން ޑަރޯގާ ހުއްޓަސް ރަސްގެފާނަކީ އޮއްޓަރެއް އުރަތްޕެއް ހުރި މީހަކަށް ނުވަންޏާ ގަނޑުވަރު ތެރެ އޮންނާނީ ބޮއްސުން ލާފައިތާއެވެ.


އެހެންކަމުން މިއަދު ރާއްޖޭގެ ހާލަތަކީވެސް އެއީތާއެވެ. ޖޯކަރަކު ގަނޑުވަރަކަށް ވަނުމުން، އޭނަ ރަސްކަލަކަށް ބަދަލުވެގެން ނުދާނެތާއެވެ. ބަދަލުގައި އޭރުން ގަނޑުވަރު ބަދަލުވެގެން ދާނީ ޗަރުކޭސީ ގެއަކަށެވެ. ސާކަސްއަކަށެވެ.

މިއަދު އަހަރުމެންގެ ރާއްޖޭގައިވެސް މި ފެންނަނީ އެފަދަ ކަމެކެވެ. ރައީސްކަމުގެ އިލްމާ ހިލްމާ ގާބިލުކަމާ އަދި ތައުލިމާ ތަޖުރިބާ އެކަމުގައި ނެތި ކައިރީގައި ތިބޭ ބަޔަކު ހަމަ ބާރަށް ފޮނޑިއެއް ޖަހާލާށޭ ބުނީމާ ޖަހާލަނީއެވެ. ނުބައި ފަސް ދުވަން ފެށުމުން އެހާހިސާބުން ކިރިޔާ ރޭކާލަނީއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved