March 16, 2026
Advertisement
ފަހި ޔޫނިއަންގެ ފަރާތުން ގާނޫނީ ވަކީލު އަލީ ހުސައިން:
ފަހި ޔޫނިއަންގެ ފަރާތުން ގާނޫނީ ވަކީލު އަލީ ހުސައިން: / ސަން

މާލިއްޔަތު ގާނޫނަށް އަމަލުކުރަންޖެހެނީ ހަމައެކަނި ރަށު ކައުންސިލްތަކުންތަ: އަލީ ހުސައިން

Yana Shareef
ޔާނާ ޝަރީފް
Nov 24, 2025, 11:23 PM

ބިޑަކާނުލާ ގއ. ނިލަންދޫ ކައުންސިލުން ހިންގި މަޝްރޫއެއް އޭސީސީއަށް ހުށަހެޅުމާއި ގުޅިގެން ވަކީލު އަލީ ހުސައިން ފާޑުވިދާޅުވެއްޖެއެވެ.

Advertisement

އޭސީސީއަށް އާންމު ފަރާތަކުން ހުށަހެޅި މި މައްސަލައަކީ، ގއ. ނިލަންދޫ ކައުންސިލް އިދާރާ އާއި އެރަށުގެ ދެ މިސްކިތުގައި ސޯލާތަކެއް ހަރުކުރުމުގެ މަސައްކަތް "މޯލީ ޕަވަރ ޕްރައިވެޓް ލިމިޓެޑް" ކިޔާ ކުންފުންޏަކާ 6 ލައްކައަށް ވުރެ ގިނަ ރުފިޔާއަށް ހަވާލުކޮށްފައިވަނީ އެއްވެސް އިއުލާނެއް ކުރުމެއް ނެތި، ބިޑުގެ އުސޫލު އެއްފަރާތްކޮށްފައެވެ.

މިކަމާ ގުޅޭގޮތުން އަލީ އެކްސްގައި ކުރެއްވި ޕޯސްޓެއްްގައި ވިދާޅުވީ ބިޑަކާ ނުލާ 2.7 ބިލިޔަން ރުފިޔާގެ މަޝްރޫއުތައް މިހާރުގެ ސަރުކާރުން ބަހާލީމަ އެ މައްސަލަ ބަލާނެ އިދާރާއެއް ނެތްކަމަށެވެ.

އަދުގެ ރައީސް މުއިއްޒު މާލެ ސިޓީގެ މޭޔަރުކަމަށް ހުންނެވިއިރު ބިޑަކާނުލާ މާލޭގެ މަގުތައް ބަހާލީމަ ކުރީގެ ރައީސް މުހައްމަދު ޞާލިހުގެ ސަރުކާރުންވެސް އަޅާނުލިކަމަށެވެ.

އެހެންކަމުން މާލިއްޔަތުގެ ގާނޫނަށް އަމަލުކުރަން ޖެހެނީ ހަމައެކަނި ރަށުކައުންސިލުތަކުން އެކަނިތޯ އަލީ ވަނީ ސުވާލު އުފައްދަވާފައެވެ.

މި ސަރުކާރުން ވަނީ 206 މަޝްރޫއުެއް އެއްވެސް ވަރަކަށް ބިޑުކުރުމެއްނެތި ބަހާލާފައެވެ. އެގޮތުން ބަހާލިއިރު ގިނަ މަަޝްރޫއުތައް ހަވާލުކޮށްފައި ވަނީ ސަރުކާރުގެ ފަރާތްތަކަށެވެ., އެގޮތުން ޕީއެންސީ މަޖިލިސް މެމްބަރުންގެ މަސްލަހަތު އޮންނަ ކުންފުނިތަކަށް ވެސް މިލިއަނުން ޕްރޮޖެކްޓު ބަހާފައިވާކަން ފާހަގަކޮށްލެވެއެވެ. އެތަނުން ބައެއް ކުންފުނިތަކަކަކީ އުވާލުމުގެ މަރުހަލާގައި އޮތް ކުންފުނިތަކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved