March 16, 2026
Advertisement
.
. / ތޭރަ އޮންލައިން

ޒުވާނުންގެ ހައްގު ހޯދަން ޒުވާނުން ކެރިގެން ތެދުވާތީ އުފާކުރަން: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Nov 25, 2025, 01:40 AM
މާލެ ސިޓީ

ޒުވާނުންގެ ހައްގު ހޯދަން ޒުވާނުން ކެރިގެން ތެދުވާތީ އުފާކުރައްވާ ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވީ ހުޅުމާލޭ ފޭސް 2 ގައި ޒުވާނުން އިސްނަގައިގެން ހުކުރު ދުވަހުގެރޭ ބޭއްވި "ރައިޒް އަޕް ޔޫތު" އިވެންޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނަކީ އަބަދުވެސް ޒުވާނުން އިސްކުރައްވާ ބޭފުޅެއް ކަމަށާ އެގޮތުން އެމަނިކުފާނުގެ ޒައާމަތުގައި ޒުވާނުންނަށް ދެވުނު އެންމެ ރަގަޅު ހަދިޔާއަކީ ޒުވާނުންގެ ޝަހަރުގެ ނަމުން ނަން މަޝްހޫރުވީ ހުޅުމާލެ ފޭސް 2 ކަމަށެވެ. އެ ސަރަަހައްދަކީ ޒުވާނުންގެ ގިނަ އުއްމީދުތަކަކާ ގުޅިފައިވާ ތަނެއް ކަމަށާ ނަމަވެސް ކުރީ ސަރުކާރާ އަދި މި ސަރުކާރުން ގެންދަނީ ޒުވާނުންނާ މެދު އިހުމާލުވަމުންކަން ވެސް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

އެހެންކަމުން ޒުވާނުން އެމީހުންގެ ހައްގުތައް ހޯދަން މިއަދު ކެރިގެން ތެދުވެ ހަރަކާތްތެރިވާތަން ފެނުމުން އުފާފުޅުވާ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ގިނަ ޒުވާނުންގެ އާދޭހަކީ އެމަނިކުފާނުގެ ދައުރެއް ދުށުންކަމުގައި ކަމަށް ބުނަމުންދާއިރު އެކަމަށް މަގުފަހި ކުރަންވެސް ތިބީ ޒުވާނުން ކަމަށެވެ. އެހެންކަމުން އެފަދަ ދުވަހެއް އަލުން އަނބުރާ ގެނެސް އެމަނިކުފާނުގެ ޚިދުމަތުގެ މިންވަރު އަޖުމަ ބަލާލުން ރަގަޅު ކަމަށްވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved