March 16, 2026
Advertisement
-
- / ތޭރަ އޮންލައިން

"އެކަތަ" ނަމުގައި އިންޑިއާއާއި އެކު ރާއްޖެއިން އަސްކަރީ ތަމްރީނުތަކެއް ފަށައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 25, 2025, 01:36 PM
މާލެ ސިޓީ

"އެކަތަ" ނަމުގައި އިންޑިއާއާއި އެކު ރާއްޖެއިން އަސްކަރީ ތަމްރީނުތަކެއް ފަށައިފިއެވެ.

Advertisement

މި ތަމްރީނުގައި އިންޑިއާގެ ސިފައިންގެ މުވައްޒަފުންނާއި އެމްއެންޑީއެފްގެ މެރިންސް އެއްކޮށްލާފައިވާއިރު، އޭގެ ތެރޭގައި ޚާއްސަ އޮޕަރޭޝަނަލް ގްރޫޕްތައް ހިމެނެ އެވެ. އެމްއެންޑީއެފްގެ އިސް އޮފިޝަލުންގެ ތެރޭގައި ސެންޓްރަލް އޭރިއާގެ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް މުހައްމަދު އިބްރާހިމް އާއި އިންޑިއާގެ ޑިފެންސް އެޓޭޗާސް ހިމެނޭ ގޮތަށް އެމްއެންޑީއެފްގެ އިސް އޮފިޝަލުން މި ތަމްރީނުތަކުގައި ބައިވެރިވެވަޑައިގެންނަވައެވެ.

މިގެ އިތުރުން، އިންޑިއާއިން ވަނީ އެމްއެންޑީއެފް އާއި މޯލްޑިވްސް ޕޮލިސް ސާވިސއ އަށްވެސް އަމާޒުކޮށްގެން ކެޕޭސިޓީ ބިލްޑިންގ ތަމްރީނާއި އޮޕަރޭޝަނަލް އެކްސްޕާރޓައިޒް އާއި މެރިޓައިމް އަދި ސެކިއުރިޓީ ކެޕޭސިޓީ ހަރުދަނާ ކުރުމަށް އަމާޒުކޮށްގެން ތަމްރީންތައް ހިންގުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

އިންޑިއާ އައުޓް ކެމްޕޭން ޕްރޮމޯޓްކޮށް ވެރިކަމަށް ވަޑައިގެން އިންޑިއާ ސިފައިން ރާއްޖެއިން އެއްކޮށް ބޭރުކޮށްލާނެ ކަމަށް ރިޔާސީ ކެމްޕެއިންގ ތެރޭގައި ރައީސް މުއިއްޒު ވައުދުވެވަޑައިގަތް ނަމަވެސް އިންޑިއާ ސިފައިން ރާއްޖޭގައި ނެތް ދާއިރާއެއް މިހާރު ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

މިލިޓަރީ ޔުނިފޯމުގައި ނޫނަސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިންޑިއާ ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށް އިތުބާރު ހިފޭ މަސްދަރުތަކުން އަންނަނީ ޔަގީންކޮށްދެމުންނެވެ.

އިންޑިއާ ސިފައިންނާއި ގުޅުވާ ސަރުކާރުން ބުހުތާން ބޮޑެތި ދޮގުތައް ހައްދަވަމުން އަންނައިރު އިންޑިއާ ސިފައިންނާއި ގުޅިގެން މިފަދަ ތަމްރިންތައް ރާއްޖޭގައި ހިންގުމަކީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫ އަރާނެ ކަމެއް ކަަމަށް ގިނަ ފަރާތްތަކުން ސިފަކުރެއެވެ.

މިއާއިއެކު، މިފަދަ އިތުރު ތަމްރީންތައް ހިންގުމަށް އިންޑިއާއިން ޝައުގުވެރިކަން ފާޅުކުރުމަކީވެސް ނުރައްކަލުގެ ރަނގަބީލެއްކަމަށްވެސް ގިނަ މީހުން އަންނަނީ ފާހަގަކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved