March 16, 2026
Advertisement
.
. / ރައީސް އޮފިސް

ތަހުގީގުގެ ބޭނުމަށްކަމަށްބުނެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މެމްބަރު ހުސްނީގެ ކޮއްކޮއެއްގެ ވަނަވަރު ފުލުހުންގެ ވެބްސައިޓުން ނަގައިފި

Yana Shareef
ޔާނާ ޝަރީފް
Nov 25, 2025, 06:07 AM

ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކުގެ ދެބެންގެ ދެދަރި ކޮއްކޮއަކު މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރުމުން އާންމުކުރި ވަނަވަރު ފުލުހުންގެ ސޯޝަލް މީޑިއާ އާއި ވެބްސައިޓުން ނަގައިފިއެވެ.

Advertisement

ހަސަން ނާހިލް، 18، ރޯޝަނީގެ/ނ. މަނަދޫގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރިކަން ފުލުހުން ހާމަކުރީ އާދިއްތަ ދުވަހުގެ ހެނދުނު 11:40 ގަ އެވެ. އޭނާ ހައްޔަރުކުރީ ހުޅުމާލެއިން 31 ގްރާމުގެ މަސްތުވާތަކެއްޗާ އެކު އެވެ.

އޭނާގެ ވަނަވަރު ނެގި ސަބަބު އެހުމުން ފުލުހުން ބަހަނާ ދައްކަވާ ވިދާޅުވީ "ތަހުގީގުގެ ބޭނުމަށްޓަކައި" ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސްކަން ވެސް ކުރައްވާ ހުސްނީގެ ބައްޕަ އާއި ނާހިލްގެ މަންމައަކީ ދެބެންނެވެ.

މިއީ ފުލުހުން އާންމު ގޮތެއްގައި އަމަލުކުރާ އުސޫލެއް ނޫނެވެ. ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންގެ ވަނަވަރު ވެސް ފުލުހުން އާންމުކުރެ އެވެ. ވަރަށް ބޮޑެތި މައްސަލަތައް ފިޔަވައި އެހެން ހުރިހާ މައްސަލައެއްގައި އަމަލުކުރަނީ އެގޮތަށެވެ.

ވަކި ބަޔަކަށް ވަކި ގޮތަކަށް ކަންތައް ކުރާކަމަށްބުނެ ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ފުލުހުންނަށް ފާޑުކިޔަމުންނެވެ.

.
.
ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved