March 16, 2026
Advertisement
-
- / ސޯޝަލް މީޑިއާ

މުސާރަ ބޮޑުކުރާނެ ކަމަށް ބުނެ ސަރުކާރުން ޖެއްސީ ބޮޑު ސްކޭމެއް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 25, 2025, 05:21 PM
މާލެ ސިޓީ

މުސާރަ ބޮޑުކުރުމުގެ ނަމުގައި ސަރުކާރުން ހިންގާފައިވަނީ ބޮޑު ސްކޭމެއް ކަމަށް ބުނެ ގިނަ އަދަދެއްގެ ސިވިލް ސާވިސް މުވައްޒަފުން ސޯޝަލް މީޑިއާގައި މުއިއްޒަށާއި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކުރަން ފަށައިފިއެވެ.

Advertisement

މިގޮތުން، ސިވިލް ސާވިސް ހުރިހާ މުވައްޒަފުންގެ މުސާރަ އެއްހަމަ ކުރުމުގެ ނިޔަތުގައި މުސާރަ ބޮޑުކޮށްދޭނެ ކަމަށް ސަރުކާރުން ބުނެފައިވާއިރު ހަގީގަތުގައި ގިނަ މީހުންގެ މުސާރަވީ ކުޑަކަމަށް ބުނެ އަންނަނީ ޝަކުވާ ކުރަމުންނެވެ.

މުސާރަ ބޮޑުކުރުމުގެ ނަމުގައި ބޭސިކް ސެލެރީ ބޮޑުކުރުމަށްފަހު މިހާރު ލިބެމުންދާ ގިނަ އެލަވަންސްތައް ކަނޑާލާ ޕެންޝަން ސްކީމަށް ކެނޑުމަށްފަހު ގެއަށް ގެންދަން ލިބެނީ ކުރިން ލިބުނު ވަރަށްވުރެ މަދުންކަމަށް މި ޝަކުވާތަކުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ހާޒިރީ އިނާޔަތުގެ ގޮތުގައި އެކި މީހުންނަށް އެކި ވަރުގެ އިނާޔަތްތައްވެސް ވަނީ ކަނޑައަޅާފައެވެ. އެކި މީހުންނަށް އެކި ވަރަށް އިނާޔަތްދޭތީ އެކަމާއި ގުޅިގެންވެސް އާންމުން އަންނަނީ ސުވާލުއުފައްދަމުންނެވެ.

ވަޒީފާގެ ކޮންމެ ގިންތިއެއްގެ މީހަކަސް ހާޒިރީ އެލަވަންސް އެންމެންނަށް ހަމަހަމައަށް ލިބިދޭންޖެހޭނެއެވެ. ވަކި ބަޔަކަށް މަތިވެފަ ވަކި ބަޔަކަށް ކުޑަވުމަކީ އެންމެ އިންސާފުވެރި ގޮތެއް ނޫނެވެ.

މުސާރައަށް ގެނައި ބަދަލާއިއެކު ގިނަ މުވައްސަސާތަކުގެ މުވައްޒަފުން ހިތްހަމަނުޖެހުން ފާޅުކުރަމުންދާއިރު ، ޝަރުއީ ދާއިރާގެ މުވައްޒަފުން އިއްޔެ ވަޒީފާއަށް ނުކުމެފައިވަނީ ކަޅުކުލައިގެ ހެދުމުގައެވެ. މިއީ ސަރުކާރާއި ދެކޮޅަށް އެ އިދާރާގެ މުވައްޒަފުން ކުރި ހިމޭން އިހްތިޖާޖެއްކަމަށް ބުނެފައިވެއެވެ.

ރައްޔިތުންގެ ޝަކުވާތަކާއި އެކުވެސް ސަރުކާރުން ވަނީ އާ ސްޓްރަކްޗަރ އާއި އެކު ކުރިއަށް ދިޔުމަށް ނިންމާފައެވެ.

-
-
ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved