March 16, 2026
Advertisement
ޑރ ޖަމީލް ސުވާލު
ޑރ ޖަމީލް ސުވާލު / ސޯޝަލް މީޑިއާ

މިވަގުތު ވެރިކަން ކުރާ ޕީއެންސީއަކީ ގައުމީ އެއްވެސްކަމެއް ގަބޫލްކުރާ ބައެއް ނޫން: ޑރ. ޖަމީލް

Faina Faiz
ފައިނާ ފާއިޒް
Nov 25, 2025, 09:39 PM
މާލެ ސިޓީ

މިވަގުތު ވެރިކަން ކުރާ ޕީއެންސީއަކީ ގައުމީ އެއްވެސްކަމެއް ގަބޫލްކުރާ ބައެއް ނޫންކަމަށް ޕީޕަލްސް ނޭޝަނަލް ފްރޮންޓްގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

Advertisement

އެކްސްގައި ކުރެއްވި ޕޯސްޓޭއްގައި ޑރ ޖަމީލް ވިދާޅުވީ، ކުރިންވެސް އަދި މިއަދުވެސް ގައުމީ މަސައްކަތް ކުރަމުންދަނީ ކޮންމެހެން ސަރުކާރަކުން ނޫންކަމަށެވެ. އަދި ރައީސަކަށް ހުންނަވާ ބޭފުޅެއްވެސް ނޫންކަމަށެވެ. ވެރިކަން ކުރަނީ އެމަސައްކަތް ކުރަނީ ތެދުވެރި ރައްޔިތުންކަމަށެވެ.

ޑރ ޖަމީލް ވިދާޅުވީ، އެމްޑީޕީ ސަރުކާރަށް ވުރެ ގައުމަށް ގެއްލުން ލިބޭ އެތައް ޕޮލިސީތަކެއް، އެތައްގުނަ އިތުރަށް މުއިއްޒުގެ ސަރުކާރުން ކުރިއަށް ގެންދާ ކަމަށެވެ. އަދި މި ސަރުކާރުން އުޅެނީ ކުރާނެ މަސައްކަތެއް ނެތިގެން ކަމަށްވެސް އެމަކިނުފާނު ވިދާޅުވިއެވެ.

އިތުރުން، މަސައްކަތުގެ ފެންވަރެއް ނެތް ކަމުގައި ވީނަމަވެސް މި ސަރުކާރުން ދަނީ ކޮންމެ ދުވަހަކު ބޮޑަތި ވަޒީފާތައް ބަހަމުން ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ. އަދި މިކަމުެ ޒިންމާއާއި ތަކުލީފު އުފުލަން ޖެހެނީ ރައްޔިތުން ކަމަށްވެސް އެމަނިކުފާނު ފާހަގަުރެއްވިއެވެ.

ޑރ. ޖަމީލު ވިދާޅުވީ، މިއީ މުއިއްޒު ހިންގާ އެންމެ ބޮޑު އެއް ޖަރީމާކަމަށެވެ. އަދި ގައުމީ މަސައްކަތަކީ ސަރުކާރުގެ މިފަދަ ޚިޔާނާތް ހާމަކުރުންކަމަށްވެސް ޑރ. ޖަމީލު ފާހަގަކުރެއްވިއެވެ.

އަދި އެކަން ކުރާ ޕްލެޓް ފޯމަކީ މިއަދު ޕީއެންއެފްގެ ލީޑަރ ރ. ޔާމީނު އެކަނި ކަމަށްވެސް ޑރ. ޖަމީލު ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved