March 16, 2026
Advertisement
ޑރ ޖަމީލް
ޑރ ޖަމީލް / ސޯޝަލް މީޑިއާ

އަތޮޅުތަކުގެ ތެރެއަށް މައި ސަރުކާރު ވަދެ ގަތުމަކީ ގާނޫނު އަސާސީ ލިއުނު އިރުވެސް ދެކޮޅުކަމެއް: ޖަމީލް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 26, 2025, 06:07 PM
މާލެ ސިޓީ

އަތޮޅުތަކުގެ ތެރެއަށް މައިސަރުކާރު ވަދެ ގަތުމަކީ ގާނޫނު އަސާސީ ލިއުނު އިރުވެސް ދެކޮޅުކަމެއް ކަމަށް ޕީޕަލްސް ނޭޝަނަލް ފްރޮންޓްގެ ނައިބު ރައީސް އަދި ރާއްޖޭގެ ކުރީގެ ނަިއބު ރައީސް، ޑރ މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

Advertisement

ޤާނޫނު އަސާސީގެ ލާމަރުކަޒީ ބާބުގެ 230 އަދި 231 ވަނަ މާއްދާގައި ހިމެނޭ އަތޮޅު ކައުންސިލްތަކާއި ގުޅޭ ބައި އުނިކޮށް އެމާއްދާތައް އިޞްލާޙް ކުރުމަށް ޤާނޫން އަސާސީއަށް ގެންނެވި އިޞްލާޙަކީ ވަރަށް މުހިންމު އަދި އެހާމެ މުނާސަބު އިޞްލާހެއް ކަމުގައި ދެކޭކަމުގައި މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވިދާޅުވުމާއި ގުޅިގެން ޑރ ޖަމީލް ވަނީ އެކްސްގައި ގާސިމަށް ރައްދުދެއްވާފައެވެ.

މިގޮތުން، އަތޮޅު ކައުންސިލްތައް އުވާލުމަކީ ބައިބައިވުމަށް ދެވޭ ޖާގައެއް ކަމަށާއި ބައި ބައިކޮށްލައި ނިކަމެތި ކޮށްލީމަ ޖަހައި ގަންނަން ފަސޭހަވާނެ ކަމަށް ޖަމީލް ވަނީ ވިދާޅުވެފައެވެ. އެއިރުން ނުފޫޒު ފޯރުވައިގެން ފަޅުތަކާ ގިރިތަކާ ބިންތައް ދަމައި ގަންނަގޮތް ފަސޭހަވާނެ ކަމަށް ބުނެ ޑރ. ޖަމީލް ވަނީ ގާސިމަށް ފާޑުވިދާޅުވެފައެވެ.

-
-

މީގެއިތުރުން، އަތޮޅުތަކުގެ ތެރެއަށް މައިސަރުކާރު ވަދެ ގަތުމަކީ ގާނޫނު އަސާސީ ލިއުނު އިރުވެސް ދެކޮޅުކަމެއް ކަމަށާއި އެކަން މިއަދު ގާސިމަށް ރަނގަޅުވީ މުއިއްޒު ވެރިއަކަށް ވުމުންތޯ ވެސް ޑރ. ޖަމީލް ވަނީ އައްސަވާފައެވެ.

ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ ނަމުގައި މިފަހަކަށް އައިސް، ކެހިވެރިކަމާއެމު މި ކުރާ ކަމަކީ ޤާނޫނުއަސާސީގައި އެކަށައަޅާފައިވާ އަސާސީ މަބްދައުތަކާއި މަފްހޫމްތައް ނައްތާލުން ކަމަށްވެސް ޑރ. ޖަމީލް ސިފަކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved