March 16, 2026
Advertisement
-
- / ސޯޝަލް މީޑިއާ

މުއިއްޒަށް މާނަވީ މާބޮޑު ކަމެއް ކުރެވިދާނެ ކަމަށް ނުފެނޭ: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Nov 26, 2025, 07:52 PM
މާލެ ސިޓީ

ރައީސް މުހައްމަދު މުއިއްޒަށް މާނަވީ މާބޮޑު ކަމެއް ކުރެވޭނެ ކަމަކަށް ނުފެންނަ ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

ވަކި މީހަކަށް ވަކި ގޮތެއް ފިޔަވަޅުތައް އެޅުމުގައި ނުގެންގުޅޭނެ ކަމަށް ވިދާޅުވެފައިވަނިކޮށް ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ކުރިގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އެމްއެމްޕީއާރުސީ މައްސަލައިގައި އުފުލު ދައުވާ އަނބުރާ ގެންގޮސްފައެވެ.

އެ ހަބަރުގެ ސްކްރީނު ޝޮޓެއް ހިއްސާކުރައްވާ މަލީހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ،ރައީސް މުއިއްޒުގެ ސަރުކާރުގައި ފައިސާއެއް ނެތް ކަމަށާ ހުރި ފައިސާވެސް ބޭނުން ކުރަނީ ހަމައެއް ލަމައެއް ނެތި ކަމަށެވެ. އެގޮތުން ކޮރަޕްޝަނަށް ބޮޑު ބައެއް އެބަ ހޭދަ ކުރާކަން ފާހަގަކުރައްވާ މަލީހު ވިދާޅުވެފައިވަނީ، ރައީސް މުއިއްޒަށް މާނަވީ މާބޮޑު ކަމެއް ކުރެވޭނެ ކަމަކަށް ނުފެންނަ ކަމަށެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، އާޒިމާގެ މައްސަލަ އަނބުރާ ގެންދިޔައީ އޭނާ އެ މައްސަލަ ރިވިއުކުރުމަށް އެދި ހުށަހެޅި ހުށަހެޅުންތަކަށް ބެލުމަށް ފަހު ކަމަށް ޕީޖީއިން ހާމަކޮށްފައިވެއެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ރިވިއުއަށް ހުށަހެޅުމުންވެސް މި ސަރުކާރުން ވެސް ގެންނދަނީ ދައުވާތަކުގެ މައްސަލަ ކުރިއަށް ގެންދަމުންކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved