March 16, 2026
Advertisement
މަޖިލީސް ތަޅުން
މަޖިލީސް ތަޅުން / -

މަޖިލީހުގެ ފަހު ދައުރު ދަންމާލަން ނިންމި އިރު ރައްޔިތުންގެ އެކި ހައްގުތައް ގެއްލުވާލައިފި!

Faina Faiz
ފައިނާ ފާއިޒް
Nov 26, 2025, 09:58 PM
މާލެ ސިޓީ

މުހިންމު މަސައްކަތްތަކެއް ހުރުމުން ރައްޔިތުންގެ މަޖިލީހުގެ ފަހު ދައުރު ގިދުދަންމާލަން ނިންމި އިރު މިހާތަނަށް ކުރެވުނު މަސައްކަތުގައިވެސް ވަނީ ރައްޔިތުންގެ އެތައް ހައްގެއް ގެއްލުވާލާފައިއެވެ.

Advertisement

މިފަދަ ބައެއް މައްސަލަތަކަށް ބަލާލާއިރު، މިއަދު ރައްޔިތުންގެ މަޖިލީހުން މިވަނީ، އާންމު ރައްޔިތުންނަށް ބޭސް ލިބުން ދަތިވެ، އެތައް ބައެއްގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލާފައިއެވެ.

މީގެ އިތުރުން، ކުރިއާލައި ހުއްދަ ނަގައިގެން ނޫނީ ވަކި ސަރަހައްދުތަކަކަށް އެއްވެ އުޅުން މަނާކުރާ ގާނޫނު އުވާލުމަށް ރައްޔިތުން މަޖިލީހަށް ހުށަހެޅުމުން އެކަން އެގޮތަށް ނުކުރަން ނިންމާ ވެރިކަން ކުރާ ޕާޓީ ޕީއެންސީއިން މިވަނީ ނިންމާފައިއެވެ.

އިތުރަށް ބަލާލާނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުމާ ގުޅޭގޮތުން ޤާނޫނު އަސާސީއަށް ހުށަހެޅި އިސްލާޙުވެސް މިވަނީ އުނިކޮށްފައިއެވެ.

މި އިސްލާހު އުނިކުރުމަށް ފަހު، މަޖިލީހުން މިވަނީ އަތޮޅު ކައުންސިލްތައް އުވާލުމަށް ޤާނޫނު އަސާސީއަށް ހުށަހެޅުނު އިސްލާވެސް ފާސްކޮށްފައިއެވެ.

މިއީ ހަމަ އެކަނި ފާއިތުވި ހަފްތާ ރައްޔިތުންގެ ހައްގުތަކަށް އިހުމާލުވުމަށް ޕިއެންސީގެ ސުޕާ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ކޮށްފައިވާ ބައެއް މަސައްކަތެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved