theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އުމަރު ނަސީރު / ސޯޝަލް މީޑިއާ
ސިޔާސީ
ކޮންމެ އަތޮޅެއްގައި އަތޮޅުވެރިއަކު ނުވަތަ ގަވަރުނަރަކު ހުންނަންވާނެ: އުމަރު ނަސީރު
Aiminath Zawjah
އައިމިނަތް ޒަޢުޖާ
26 ނޮވެމްބަރު 2025
މާލެ ސިޓީ

މާކަނޑުގެ ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ ދިވެހިރާއްޖެ ފަދަ ގައުމެއްގައި، އެއް ރަށެއްގައި ގާއިމުކުރެވިފައިވާ ސަރުކާރަކަށް ހުރިހާ އަތޮޅެއްގައި ގައުމީ ފެންވަރުގައި ހިންގާ ހަރަކާތްތައް މޮނިޓަރކޮށް ގާތުން ވިލަރެސް ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ލާމަރުކަޒީ ގާނޫނަށް ބަދަލުގެނެސް އަތޮޅު ކައުންސިލުތައް އުވާލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް އެކްސްގައި ފާޑުވިދާޅުވެ އުމަރު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ 189 ވަކިވަކި ކައުންސިލުން ސީދާ މިނިސްޓްރީތަކާއި ކޯޑިނޭޓްކޮށްގެން ގައުމީ ލެވެލްގެ ކަންކަން ހަލުވިކަމާއިއެކު ކުރުމަކީވެސް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ރަށު ކައުންސިލްތަކުގެ ރޯލަކީ ރަށު ފެންވަރުގައި ހިންގާ ކަންކަން ވިލަރެސް ކުރުން ކަމަށްވާއިރު އަތޮޅުގައި ހިންގާ ގައުމީ ލެވެލްގެ ކަންކަން ވިލަރެސް ކުރާނެ އިދާރާއެއް ވަކިން ހުންނަން ޖެހޭނެ ކަމަށް އުމަރު ގަބޫލުކުރާ ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން، ކޮންމެ އަތޮޅެއްގައި އަތޮޅުވެރިއަކު ނުވަތަ ގަވަރުނަރަކު ހުންނަން ޖެހޭނެ ކަމަށް ދެކޭކަމަށް އުމަރު ފާހަގަކޮށްފައިވެއެވެ. އަދި އެ ބޭފުޅަކު ވާންވާނީ އެ އަތޮޅެއްގެ އިންތިޚާބީ މަގާމުތަކުގެ ތެރެއިން ރައީސް އައްޔަނުކޮށް ފަތްކޮޅު ދީފައިވާ ބޭފުޅަކަށް ކަމަށްވެސް އުމަރު ފާހަގަކުރިއެވެ.

ގަވަރުނަރު ވާން ޖެހޭނީ އެ އަތޮޅަކާއި ރައީސްއާއި ގުޅުވާދޭ ފާލަމަކަށް ކަމަށާއި މިއީ ޕާޓީ އެކްޓިވިސްޓުންގެ މަގާމަކަށް ވެގެން ނުވާނެކަމަށް އުމަރު ބުނެފައިވެއެވެ.

އަތޮޅު ކައުންސިލްތައް އުވާލުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން ގިނަ ކައުންސިލްތަކުން އަންނަނީ އެކަން އެގޮތަށް ނުކުރުމަށް ސަރުކާރަށް އެދެމުންނެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved