theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މޫސުން ގޯސް / ސޯޝަލް މީޑިއާ
ހަބަރު
ކުރިއަށް އޮތް 24 ގަޑިއިރު މެދު ރާއްޖެތެރެއަށް މޫސުން ގޯސް!
Mariyam Isaadha
މަރިޔަމް އިސާދާ
27 ނޮވެމްބަރު 2025
މާލެ ސިޓީ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކުރިއަށް އޮތް 24 ގަޑިއިރު ދެކުނާއި މެދު ރާއްޖެ ތެރެއަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.

އެ އިދާރާއިން ބުނީ މިިހާރުކުރާ ވިއްސާރައަކީ ބޭ އޮފް ބެންގާލްގެ ހުޅަނގު ދެކުނުގައި އުފެދިފައިވާ ސިސްޓަމެއްގެ ސަބަބުން ލޯ ޕްރެޝާ އިތުރަށް ބާރު ގަދަވެ ކޮޅިގަނޑަކަށް ބަދަލުވުމުން ކުރަމުންދާ ވިއްސާރައެއް ކަމަށެވެ.

މި ވިއްސާރާގައި ކުރިއަށް އޮތް 24 ގަޑިއިރު ވެސް ދެކުނާއި މެދު ރާއްޖެތެރެއަށް މޫސުން ގޯސްވާނެ ކަމަށާއި، ވިލާގަނޑުގައި ކަނޑުތައް ގަދަވެ ވައި ބާރުވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ހާމަކޮށްފައިވެއެވެ. އެހެން ނަމަވެސް އުތުރުގެ އަތޮޅުތަކަށް މޫސުން އެހާ ގޯސްނުވާނެ ކަަމަށް އެ އިދާރާއިން ހާމަކުރެއެވެ.

މެޓް އޮފީހުން ބުނީ މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން އަލިވާން ފަށާނީ ޑިސެމްބަރު 1 އިން ފެށިގެން ކަމަށެވެ. ނަމަވެސް އުތުރާއި ދެކުނުގެ އަތޮޅުތަކަށް މިމަހުގެ 29 އިން ފެށިގެން މޫސުން އަލިވާން ފަށާނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ކުރިއަށް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، އެކިހިސާބަށް ވިއްސާރަ ކުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވެއެވެ. ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރާއިރު ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ބާރުވުން އެކަށީގެން ވެއެވެ.

ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ އިރު ރާޅުގެ އުސްމިން ހުންނާނީ 3 - 6 ފޫޓުގެ އުސްމިނުގައެވެ.

ކުރަމުންދާ ވިއްސާރައިގައި ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކޮށްފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved