March 15, 2026
Advertisement
ޑރ ޖަމީލް އަހްމަދު
ޑރ ޖަމީލް އަހްމަދު / ސޯޝަލް މީޑިއާ

ޤާސިމަކީ ވެރިކަންތަކުގައި ނާޖާއިޒު ފައިދާ ނަގަން ތައްޔާރަށް ހުންނަ މީހެއް: ޑރ.ޖަމީލް

Yana Shareef
ޔާނާ ޝަރީފް
Nov 28, 2025, 04:36 AM

ކޮންމެ ވެރިކަމެއްގައި ވެސް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިޔަފާރިވެރިޔާ ޤާސިމް އިބްރާހިމްގެ މަސައްކަތަކީ ނާޖާއިޒު ފައިދާ ނެންގެވުންކަމަށް ޕީއެންއެފްގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ޑރ.ޖަމީލް މިފަދައިން ވިދާޅުވެފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފް އިން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޑރ ޖަމީލް ވަނީ ރައީސް މުއިއްޒު ރިޔާސީ އިންތިޚާބަށް 3 ދުވަސް ވެފައިވަނިކޮށް މާލެ ސިޓީ ކައުންސިލްގެ މޭުޔަރަކަށް ހުންނަވާ މާލެ ސިޓީގެ އެތަން މިތަނުން ބޭނުން ބަޔަކަށް ބިންތަށް ބަހާލި މައްސަލައިގައި ފާޑުވިދާޅުވެފައެވެ.

އެގޮތުން ބޮޑުތަކުރުފާނު މަގުގައި ގިނަ ބިންތަކަކީ ވިޔަފާރިވެރިޔާ ޤާސިމަށް ތަންތަން ހިންގަން ދީފައިވާ ބިންތަށްކަމަށް ފާހަގަކުރައްވާ ޑރ.ޖަމީލް ވިދާޅުވީ މިނިވަން މުވައްސަސާތަށް އޮތީ ނިދާފައިކަމަށެވެ.

އަޅުގަނޑުމެންނަށް އެބަ ފެނޭ ނޫންތޯ މާލޭގައި އެހުރި, މެރިން ޑްރައިވް އެފަރާތުގައި އެހުރީނު ގޭސް ވިއްކަންށާއި އެކި ބޮޑެތި ކޮލެޖްތަށް ހަދަންށާ ބިންތަށް. މިސާލަކަށް ވާހަކައަކީ ގާސިމް, ދެން ގާސިމަކީ ވެސް ވެރިކަންތައްތަކުގެ ތެރޭގައި ޟައީފުން ހަމަ ނިކަމެތި ކުރިހާ ނާޖާއިޒު ބޭނުންކޮށްގެން މިގޮތަށް އެއްޗެހިތަށް ހޯދާ މީހެއް...

ޑރ.ޖަމީލް

ޑރ.ޖަމީލް އިތުރަށް ވިދާޅުވީ ބިންތަކަކީ ރައީސް މުއިއްޒު ކުއްޔަށް ދީފައިވާ ތަންތަން ނޫންކަމަށާއި އެތަންތަނަކީ ޤާސިމްމެން ފަދަ ބޭފުޅުންނަށް ވިއްކާފައިވާ ބިންތަކެއްކަމަށެވެ.

ޤާސިމަކީ ކޮންމެ ވެރިކަމެއްގެވެސް ފޮނި މީރުކަން ހޯދެއްވުމަށް ތައްޔާރަށް ހުންނަވާ ބޭފުޅެއްކަމަށާއި މިހާރު ފެންނަނީ ރައީސް މުއިއްޒަށް ސަނާ ކިޔުއްވުމުގައި އުޅުއްވާ މަންޒަރުކަމަށް ޑރ.ޖަމީލް ވަނީ ފާހަގަކުރައްވާފައެވެ.

ދާދިފަހުން ރައީސް މުއިއްޒު ގާސިމްގެ ދާއިރާއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ގާސިމް ވަނީ ރައީސް މުއިއްޒުހާ ހުލްގުފުޅު ހެޔޮ އިހުލާސްތެރި ވެރިޔަކު އަދި ނުދެކޭކަމަށް ބުނެފައެވެ. މިއީ ސަނާކިޔުމުގައި ވެސް އެހެން ލެވެލެއްކަމަށް ބުނެ ގިނަ ބަޔަކު ވަނީ ގާސިމަށް ފާޑުކިޔާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved