theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ސޯޝަލް މީޑިއާ
ހަބަރު
ޕާކިސްތާނުގެ ހައި ކޮމިޝަނަރު ބޮޑުފުޅަދޫގެ "ޖިނާހް ކޮމްޕިއުޓަރ ސެންޓަރ" އިފްތިތާހުކޮށްދެއްވައިފި
Aiminath Zawjah
އައިމިނަތް ޒަޢުޖާ
27 ނޮވެމްބަރު 2025
މާލެ ސިޓީ

އއ.ބޮޑުފުޅަދޫ ކައުންސިލްގެ ރައީސް އަލްފާޟިލް ޝުޖާއު އާދަމްގެ ދަޢުވަތަކަށް ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައިވާ ހައިކޮމިޝަނަރު ވައިސް އެޑްމިރަލް (ރ) ފައިސަލް ރަސޫލް ލޮދި ބޮޑުފުޅުދޫއަށް ވަޑައިގެންފިއެވެ.

އެ ރަށު ސްކޫލުގައި އަލަށް ގާއިމްކުރި ކޮމްޕިއުޓަރ ސެންޓަރު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ހައިކޮމިޝަނަރު ވަނީ ބައިވެރިވެވަޑައިގެންފައެވެ. އޭނާއާ އެކު ޑެޕިއުޓީ ކޮމިޝަނަރ ކަމްރާން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ޒަމާނީ 15 ވޯކްސްޓޭޝަން އާއި ފަހުގެ ޓެކްނޮލޮޖީ އާއި އެކު ހުޅުވި މި އާ ކޮމްޕިއުޓަރ ސެންޓަރު ބިނާކޮށްފައިވަނީ ޕާކިސްތާން ސަރުކާރުގެ މާލީ އެހީގެ ދަށުންނެވެ. މި ސެންޓަރަށް ނަން ދީފައިވަނީ ޕާކިސްތާނުގެ ބާނީ ކުއައިދު އަޒާމް މުހައްމަދު އަލީ ޖިނާހުގެ ނަމުގައެވެ. މި ނަން ދީފައިވަނީ މިއީ އެ ބޭފުޅާ ތައުލީމާއި ކިޔެވުމުގެ ދާއިރާގެ ކުރިއެރުމަށް އޭނާގެ ކޮށްދިން ކަންތައްތަކަށް ޝުކުރު އަދާކުރުމުގެ ގޮތުން ކަމަށް ފާހަގަކޮށްފައިވެއެވެ.

ކައުންސިލްގެ ރައީސް އަލްފާޟިލް ޝުޖާއު އާދަމްގެ ވާހަކަފުޅުގައި ޕާކިސްތާނުގެ ސަރުކާރަށާއި ރައްޔިތުންނަށް ހިތުގެ އަޑިން ޝުކުރު އަދާކުރެއްވިއެވެ. އޭނާ ވިދާޅުވީ ޕާކިސްތާނުން ދިން އެހީތެރިކަމުގެ ސަބަބުން އެ ރަށުގެ ދަރިވަރުންނަށް ޒަމާނީ ވަސީލަތްތަކަށް މަގުފަހިވެފައިވާ ކަމަށާއި ރާއްޖެއާއި ޕާކިސްތާނާއި ދެމެދު އޮންނަ ބަދަހި އެކުވެރި ގުޅުމަށް ޝުޖާއުގެ ވާހަކައިގައި ތައުރީފު ކުރެއްވި އެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ހައިކޮމިޝަނަރު ލޮދީ ވިދާޅުވީ ރަނގަޅަށް ފަރުމާކޮށްފައިވާ މި ސެންޓަރާއި ދަރިވަރުންގެ ޑިސިޕްލިންއާއި ފޯރި ފެނުމުން އުފާވާކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ޖިނާހު ކޮމްޕިއުޓަރ ސެންޓަރުގެ އެހީގައި ޑިޖިޓަލް ހުނަރު ކުރިއަރުވައި، ބޮޑުފުޅަދޫގެ ޒުވާނުންނަށް އާ އިލްމުތައް އުނގެނުމުގެ ފުރުސަތު ހުޅުވިގެންދާނެ އެވެ. އޭނާ އިތުރަށް ވިދާޅުވީ މިފަދަ މަޝްރޫއުތަކުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ބަދަހިވެ، ދެގައުމުގެ ޒަމާނުއްސުރެ އޮތް އެކުވެރިކަން ދައްކުވައިދޭ ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved