theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރައީސް ޔާމީން / ޕީޕީއެމް
ސިޔާސީ
މާލޭ މޭޔަރުކަމުގަ މުއިއްޒު ހަދާފަ ހުރި ގޯސް މޭޔަރު މުއިއްޒުގެ މައްޗަށް އަދަބު އަންނަންވާނެ: ރައީސް ޔާމީން
Aiminath Zawjah
އައިމިނަތް ޒަޢުޖާ
28 ނޮވެމްބަރު 2025
މާލެ ސިޓީ

މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މޭޔަރު ކަމުގައި އާއި ހައުސިންގ މިނިސްޓަރު ކަމުގެ މަގާމުގައި ހުރެ ހަދާފައިވާ ގޯސްތައް ބެލެންޖެހޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީޕަލްސް ނޭޝަނަލް ފްރޮންޓް އިން މިރޭ ކުރިއަށް ގެންދިޔަ ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މުއިއްޒު ރައީސް ކަމުގައި މިހާރު އެ ހުންނެވުމަކީ އިއްތިފާޤެއް ކަމަށާއި މޭޔަރު ކަމުގައި ހުންނެވި އިރު ކުރެއްވި ގޯސްތައް މޭޔަރުގެ މައްޗަށް އަދަބު ދެވެން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން، މި އަދަބުތައް ދޭ އިރު މި ހިނގާ ފަސް އަހަރުގެ ތެރޭގައި ހިންގާފައިވާ ޖަރީމާތައް އެޕްލައި ނުވާނެ ކަމަށާއި އެއީ ގާނޫނީ ގޮތުން އަދި ވަކި ކަމެއް ކަމަށެވެ.

މުއިއްޒު ރައީސް ކަމުގައި މިހާރު އެ ހުންނެވުމަކީ އިއްތިފާޤެއް. އެހެންކަމުން މޭޔަރު ކަމުގައި ހުންނެވި އިރު ކުރެއްވި ގޯސްތައް މޭޔަރުގެ މައްޗަށް އަދަބު ދެވެން ޖެހޭނެ

- ރައީސް ޔާމީން ވިދާޅުވިއެވެ.

މިއާއި އެކު ދިވެހި ފުލުހުންގެ އިދާރާއިން މިކަންކަން ބަލަން ޖެހޭނެ ކަމަށް ފާހަގަކޮށް ރައީސް ޔާމީން ވިދާޅުވީ ފުލުހުންގެ އިދާރާވެސް އޮތީ ކޮރަޕްޓް ވެފައިކަމަށެވެ. އެގޮތުން ފުލުހުންގެ އިދާރާގެ މަތީ ފަނޑީގެ ބޭފުޅުންތަކުގެ މައްސަލަތައް ބަލަމުންދާ މައްސަލައަށް އެމަނިކުފާނު ވަނީ ފާޑުވިދާޅުވެފައެވެ.

ގާނޫނު އަސާސީގައި ބަޔާންވެގެންވާ ގޮތުގައި އެމީހެއްގެ މަސްލަހަތު ފުށުއަރާ މީހުން މަޖިލިސް އިދާރާތަކުގައި މައްސަލަތައް ބެލުމަށް ތިބުމަކީ އިންސާފުވެރި ގޮތަކަށް މައްސަލަތައް ނިމިގެން ނުދާނެ ކަމެއް ކަމަށާއި ގާނޫނުން ފާސްކޮށް ބޮޑެތި އިދާރާތައް އުފައްދަވާފައިވާއިރު މިފަދަ މައްސަލަތައް ބެލެންޖެހޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް މުއިއްޒު މޭޔަރުކަމުގެ ދުވަސްވަރު ހިންގާފައިވާ ކޮރަޕްޝަނާއި ޖަރީމާތަކުގެ ވާހަކަތައް އަންނަނީ ފެންމަތިވެ އެކަމަށް ބާރުދޭ ހެކިތައްވެސް އާންމުވަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved