March 13, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ރާއްޖެއަކީ ބޭސްއުފައްދާ ތަނަކަށް ހެދެންދެން ބަލިމީހުން ކެތްކޮށްލައިގެން ތިބުމަށް މިނިސްޓަރު ގޮވާލައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 28, 2025, 06:43 PM
މާލެ ސިޓީ

ބޭސްފިހާރަތަކުން ޕެންޑޯލް ފަދަ ބޭސްތައް ގަތުމަކީ ބޯދާ ވިސްނުމެއް ކަމަށާއި ރާއްޖެއަކީ ބޭސް އުފައްދާ ތަނަކަށް ހެދެންދެން ބަލިމީހުން "ކެތްކޮށްލައިގެން" ތިބުމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ބޭސް އުފައްދާ ކާރުޚާނާއެއް ގާއިމުކުރެވެންދެން، ސީރިއަސް ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކުން "ގައުމީ ކެތްތެރިކަން" އިސްކޮށް، ބަލިވުން މަޑުޖައްސާލުމަށެވެ.

ގައުމުގެ ހެލްތް މިނިސްޓަރު މަޖިލިސް އިދާރާގައި މިފަދަ ނާތަހުޒީބީ ވާހަކަ ދިވެހި ރައްޔިތުންނާއި ގުޅުވާ ދެއްކެވުމުން އާންމުން އަންނަނީ ސަރުކާރަށާއި ނާޒިމަށް އަންނަނީ ބޮޑެތި ފަޑުކިޔުންތައް އަމާޒުވަމުންނެވެ.

މީގެ އިތުރުން، މިނިސްޓަރު ނާޒިމް ވިދާޅުވީ ރާއްޖެއިން ބޭސް ހުސްވެފައިވާ މި ދަނޑިވަޅުގައި ބޭރު ގައުމުތަކުން ބޭސް ގެނައުމަށް ގޮވާލުމަކީ ބޯދާ ޚިޔާލެއް ކަމަށެވެ. އަދި ޙަގީގީ ހައްލަކީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަދި ކުރަހާފައިވެސްނުވާ އިމާރާތެއްގައި ބޭސް އުފެއްދަން ފެށުން ކަމަށް ވަނީ ފާހަގަކޮށްފައެވެ.

އަޅުގަނޑުމެންގެ ވިޝަން އަކީ އެ ބަލިމީހާ ފަސްވަރަކަށް އަހަރު މަޑުކޮށްލުން. އޭރުން އޭނާއަށް ދެވޭނީ ސީދާ ދިވެހި ބިމުގައި، ދިވެހި ފެނުން އުފައްދާފައިވާ "ގައުމީ ބޭސް ގުޅައެއް".

މިނިސްޓަރ ވިދާޅުވިއެވެ.

ނާޒިމް އެފަދައިން ވިދާޅުވިއިރު އާންމުންނަށް ބޭސް ލިބުން ދަތިވެ، ބޮޑެތި ބަލިބައްޔާއި ދާއިމީ ބަލިތަކަށް ފަރުވާކުރާ އެތައް ބައެއްގެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލަ ވެސް ވަނީ ބަހުސްކުރުމެއް ނެތި ބޭރުކޮށްލާފައެވެ.

ބޭހަށް ޚާއްސަ ކުންފުނި އުފެއްދާއިރު، މިހާރު ވެސް ސައްތައިންސައްތަ ސަރުކާރު ކުންފުންޏެއްގެ ގޮތުގައި، އެސްޓީއޯއިން އަންނަނީ ރާއްޖެއަށް ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގެނެސް ވިއްކަމުންނެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެސްޓީއޯގެ ބޭސް ފިހާރަތައް ވެސް ވަނީ ގާއިމްކޮށްފައެވެ.

މިއާއިއެކު މިއީ ސަރުކާރުން އަނެއްކާވެސް ބޮޑު ޖަރީމާއެއް ހިންގުމަށް ކުރަން އުޅޭ ކަމެއްކަމަށްވެސް ގިނަ ބަޔަކު އަންނަނީ ތުހުމަތުކޮށް، ނުރުހުން ފާޅުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved