March 28, 2026
Advertisement
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި / ތޭރަ އޮންލައިން

ރައީސް ޔާމީން ސަރުކާރަށް: އެއާޕޯޓް ނުހުންނަ ރަށްރަށުގެ ބަލިމީހުން އުފުލައިގެން ގެންދަނީ ކޯއްޗެއްގައި؟

Aishath Naja
އައިޝަތު ނަޖާ
Mar 4, 2024, 04:15 AM
މާލެ ސިޓީ

ސިއްހީ އެމާޖެންސީގެ ހާލަތްތަކުގައި ބޭނުންކުރާ އެއާ އެމްބިއުލާންސްގެ ހިދުމަތް ރާއްޖޭގައި ފުރަތަމަ ފަހަރަށް ދޭން ފަށާފައިވާ މަތިންދާބޯޓު ބަލިމީހުން ބަލާ ކޮންމެ ކޮންމެ ތަނަކަށް ނުޖެއްސޭނެތީ، ބޯޓު ނުޖެއްސޭ ތަންތަނަށް ބަލި މީހުން ބަލައި ދާނީ ކޮްން އެއްޗެއްތޯ އައްސަވާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވަރުގަަދަ ސުވާލެއް ސަރުކާރަށް އަމާޒުކުރައްވައިފިއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބްގައި ޕީއެންއެފްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންގެ ސިޔާސަތު ހާމަކުރުމަށް ބާއްވަމުން އަންނަ ޖަލްސާތަކުގެެ ތެރެއިން އާދިއްތަ ދުވަހުގެ ޖަލްސާގައި ކެންޑިޑޭޓަކާ ސުވާލު އަމާޒުކުރައްވަމުންނެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި އޮންނަނީ 12 ވަރަކަށް ނުވަތަ 13 ވަރަކަށް އެއާޕޯޓްކަމަށެެވެ. އެ ތަންތަނުގެ މީހުން އެކަނި ތޯ ބަލިވާނީ އައްސަވާ ރައީސް ޔާމީން ވަނީ ސުވާލު އުފައްދަވާފައެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ މަތިންދާ ބޯޓެއްގައި ދަވާދު އައުކޮށް އެތެރެ ފަރުމާކޮށް އެއާ އެމްބިޔުލާންސްގެ ގޮތުގައި ބޭނުން ކުރަން ރަނގަޅުކަމަށެވެ. ނަމަވެސް ކަންބޮޑުވަނީ އެ ބޯޓަށް ހުރިހާތަނަކަށް ބަލި މީހުން ބަަލައި ލޭންޑް ނުކުރެވޭނެތީކަމަަަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ހިދުމަތީ މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ދެވެންވާނެ ހިދުމަތަކަށްވާއިރު ރައްޔިތުންގެ ގިނަ ބަޔަކަށް އޭގެ ބޭނުން ހިފޭ ގޮތަަކަށް ސަރުކާރުން އެކަން ކުރުން މުހިންމު ކަމަށްވެސް ރައީސް ޔާމީންގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި މީހުން އުފުލޭ މި އޮންނަނީ 12 ވަރަކަށް 13 ވަރަކަށް އެއާޕޯޓް ކަންނޭނގެ. މި ތަންތަނުގެ މީހުން އެކަނިތޯ ބަލިވާނީ؟ އެހެން ރަށްރަށުގެ ބަލި މީހުން އުފުލާނީ ކޯއްޗެއްގައިތޯ؟ އުފުލައިގެން ދެން ގެންދާނީ ކޮންތާކަށްތޯ؟

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް

އެއާރ އެމްބިޔުލާންސްގެ ގޮތުގައި ބޭނުންކުރުމަށް ހެލޮކޮޕްޓަރެއް ކުއްޔަށް ހިފައިގެން ގެނެސް ބޭނުން ކުުރުން މާ ބުއްދިވެރި ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. ހެލިކޮޕްޓަރެެއް އެއާ އެމްބިޔުލާންސްގެ ގޮތުގައި ބޭނުން ކުރުމުން އެ ހެލިކޮޕްޓަރަށް ބަލި މީހުން ބަަލައި ކޮންމެ ރަށެއްގައިވެސް އޮންނަ ބޯޅަ ދަނޑަށް ޖެއްސޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެއާ އެމްބިޔުލާންސްގެ ހިދުމަތް ދޭން ރާއްޖޭގައި ފެއްޓުމަކީ އުފާވެރި ޚަބަރެއް ނަމަވެސް ރާއްޖޭގެ ބޮޑުބައި އެކަމުން މަހުރޫމްވާތީ ކަންބޮޑުވާކަމަށްވެސް ރައީސް ޔާމީން ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓު
ކޮމެންޓްތައު
ޔަމީން
Mar 4, 2024, 10:54 AM
އަދި ސީޕްލޭންއެއް އެބަތައްޔާރުވޭ ނޫންތޯ. އެކަންވެސް ވަނީ އިއުލާނު ކުރެވިފައި ނޫންތޯ. މަނިކުފާނުވެސް މޑޕ މީހުންގެ ފެންވަރަށް ވެއްޓޭނެކަމަށް ކުރީގައި ހީވެފަނެތް.
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved